މި ފޮޓޮއަކީ ކެލިފޯނިޔާގެ ރައްޔިތުން މާސްކް އެޅުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވުނު ކެމްޕޭންގެ ފޮޓޯއެއް. 1918 އިން 1920 އަށް ފެތުރުނު އަދި 500 މިލިއަން މީހުނަށް ޖެހުނު ސްޕެނިޝް ފުލޫގެ ދުވަސްވަރު މާސްކް އެޅުމަށް ހިތްވަރުދިނުމުގެ ގޮތުން އޭރު ފާސްކުރެވުނު ގާނޫނުގައިވާ ގޮތުން މާސްކް ނާޅާ ބޭރަށް ނިކުމެ އުޅޭ ނަމަ 5-10 ޑޮލަރުން ޖޫރިމަނާ ކުރުމާއި އެކު 10 ދުވަހަށް ޖަލަށް ލުމުގެ ބާރުވަނީ ދީފައި. މީގެ އިތުރުން ރޯގާފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވުނީ ހަމަ ކޮވިޑް-19 ގައި ވެސް ޢަމަލު ކުރާ ގޮތަށް، ސްކޫލްތައް ބަންދުކުރުމާ، ގިނަ މީހުން އެއްވެ ނޫޅުމާއި، ހާމަ ތަންތަނަށް ކުޅު ނުޖެހުމާއި، މީހުންގެ މޫނަށް ކެއްސާ ކިނބިހި ނޭޅުމާއި މާސްކް އެޅުން ފަދަ ކަންކަން. މިބަލީގެ ނުރައްކާތެރިކަން ހުރި މިންވަރުން 4 ރާޅެއް އަރާ މުޅި ދުނިޔޭގެ 3 ބައިކުޅަ އެއްބައި މީހުނަށްމިބަލި ޖެހުނު. މިހާތަނަށް ފެތުރު އެންމެ ނުރައްކާތެރި ރޯގާގެ ގޮތުގައި ފާހަގަ ކުރެވުނު މި ރޯގާގައި 17-50 މިލިއަން މީހުން މަރުވިކަމަށް ވަނީ ބެލެވިފައި.