މާމުޔަކީ ވަރަށް އާދަޔާ ހިލާފުގޮތަކަށް އިންސާނުންނަށް ލިބޭ ވަރަށް ފުރިހަމަ ނިއުމަތެއް. އެހެނީ މާމުޔަކީ ވަރަށްގިނަ ބަލިތަކަށް އޭގައި ފަރުވާއެއްވާ އަދި ސިއްހަތަށް އެހާމެ ފައިދާ ހުރި އެއްޗެއް. މިކަމަށް ސިއްހީ މާހިރުންވެސް އެއްބަސްވެލައްވާ. މާމުޔަކީ ކެއުމަށް ބޭނުންކުރާ އެއްޗެއް ނަމަވެސް މާމުއިން ހަށިގަނޑުގައި އުފެދޭ ފާރުތަކަށް ވަރަށް ފުރިހަމަ ފަރުވާއެއް ލިބޭ. ބުނެވޭ ގޮތުގައި އިހުޒަމާނުގައި މިފަދަ ފާރުގަނޑުތަކުގައި އެކި ކަހަލަ ފަތްޕިލާވެލި، މާމުއި ޖަހައިގެން ފުނޑުމަށްފަހު އަޅާ. އެއާއެކު އެ ފާރުގަނޑުތައް ނުލާހިކު ފަސޭހަކަމާއެކު ރަނގަޅުވޭ. ޒަމާނީ ދިރާސާތައް ދައްކާގޮތުގައި މާމުއިގައި ގިނަ އަދަދަކަށް އެންޓި-އޮކްސިޑަންޓް އާއި އެންޓި-ބެކްޓީރިއަލް އެޖެންޓްސް އާއި އަދި އެންޓި-އިންފްލެމޭޓަރީ އެޖެންޓްސް ހުރޭ. މިއީ ހަށިގަނޑުގައި އުފެދޭ ނުވަތަ ހެދޭ މިފަދަ ފާރުތަށް ޖަރާސީމުން ސަލާމަތްވެ ހުރެ އަވަހަށް ހިއްކައިދިނުމަށް އެހީތެރިވެދޭ މާއްދާތަކެއް. އެގޮތުން މިފަހަކުން ސިއްހީ ހިދުމަތަށް ތައާރަފުވި މެޑް-ހަނީ އަކީ މިކަން ޔަގީންކޮށްދޭ ކަމެއް. މެޑް-ހަނީގެ ނަމުން ނަންދެވިފައިވާ މި ބޭހަކީ ފާރުހިއްކާ ބޭހެއް. ހަލާކުވެފައި ހުންނަ ތަންތަނުގައި ނުވަތަ ފާރުގަނޑުތަކުގައި މެޑް-ހަނީ އަކީ މިހާރު ވަަރަށް އާންމުކޮށް ބޭނުންކުރާ ބޭހެއް. މިއީ މާމުއީގެ ތާސީރުން އުފައްދާފައިވާ ޑަކްޓަރީ ބޭހެއް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން