އޮޓޮމެޓިކް ޓެލަރ މެޝިން އީޖާދުކުރީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޖޯން އޮޑްރިއަން ޝެފަރޑް ބެރޮން. މި މެޝިނަށް ބޭނުންވާ ކާޑް ވެސް ތައްޔާރު ކުރީ ޝެފަޑް ބެރޮން. އޭ.ޓީ.އެމް ކާޑުގައި ޝެފަޑް ބެރޮން ބޭނުންވީ 6 ނަންބަރު ގެ ޕިން އެއް ހިމަނަން. ނަމަވެސް މި އަދަދު 4 އަށް ބަދަލު ކުރަން ޖެހުނީ އޭނާގެ އަންހެނުން ކެރޮލިން އަށް 6 ނަންބަރު ހިތުދަސްކުރަން އުނދަގޫ ވާނެކަމަށް އޭނާ ޝެފަޑް ބެރޮން ގާތު ބުނުމުން. ނަމަވެސް މިހާރު ބައެއް ބޭންކްތަކުން އެ ބޭންކްތަކުގެ ޑެބިޓް ކާޑު ބޭނުން ކުރުމަށް 6 ނަންބަރުގެ ޕިން އެއް ބޭނުންކުރުމަށް ދަނީ ހުޅުވާލަމުން.