ޑޮޕަމިން އަކީ އިންސާނާގެ ސިކުނޑިން އުފައްދާ ވަރަށް އާދަޔާ ހިލާފު މާއްދާއެއް. މިއީ ހޯމޯނެކޭވެސް ބުނެވޭ. އަދި މިއީ ނިއުރޯޓްރާންސްމިޓަރ އެކޭވެސް ބުނެވޭ. ހަށިގަނޑުގައި މި ހޯމޯނުގެ ދައުރަކީ ވަރަށް ބޮޑު ދައުރެއް. ޑޮޕަމިން އަކީ ސިކުނޑީގައި ހުންނަ ނާރުތަކުން، އެއް ނާރުން އަނެއް ނާރަށް މެސެޖު ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ހޯމޯނެއް. މި ސަބަބާއި އެކު މިޔަށް ކެމިކަލް މެސެންޖާ އޭ ވެސް ކިޔާ. މީގެ އިތުރުން ޑޮޕަމިން އަކީ އިންސާނާއަށް ކުރެވޭ އުފާވެރިކަމުގެ އިހުސާސް ކުރުވާ ހޯމޯނެއް. މި ސަބަބާއިހުރެ މިޔަށް "ފީލް-ގުޑް ހޯމޯން" އޭ ވެސް ކިޔާ. މި ހޯމޯނުގެ ސަބަބުން އިންސާނާއަށް ދިމާވާ ކަންކަމުގައި ހިތްހަމަޖެހުން އިހުސާސް ކުރުވާ. އެކި މީހުން އެކި ކަންކަމުން ހިތްހަމަ ޖެހުން ލިބެނީ އެ ދިމާވާ ނުވަތަ ކުރާ ކަމާކާއި ގުޅިގެން އެމީހެއްގެ ސިކުނޑިން މި ހޯމޯން އުފައްދާ މިންވަރު ތަފާތުވާތީ. ޑޮޕަމިން ގިނަވުމަކީ ބޮޑަށް ހިތްހަމަ ޖެހުން އިހުސާސް ކުރުވާނޭ ކަމެއް. ކަންކަމާއި ވިސްނޭ މިންވަރާއި ކަންކަމަށް ސަމާލުކަން ދެވޭ މިންވަރުވެސް މި ހޯމޯނުގެ ސަބަބުން އިތުރުވެދޭ. އަދި ކަންކަމުގައި ހިތްވަރު ކުރުމާއި ކަންކަމުގައި ސާބިތުވެ ހުރުމުގެ އަޒުމު ވަރުގަދަ ކޮށްދެނީވެސް މި ހޯމޯނުގެ ސަބަބުން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން