އިންސާނާގެ އެތެރެހަށީގައްޔާއި އިންސާނާގެ ހަންގަނޑުގައި އެކިއެކި ޖަރާސީމު ނުވަތަ މައިކްރޯއޯގަނިޒަމްސް އުޅޭކަން އަހަރެމެންނަށް އެނގޭ. ނަމަވެސް އިންސާނާގެ ހަމަލޮލަށް ނުފެންނަ ކުޑަ ސުއިއްޕެއް އިންސާނާގެ ހަންގަނޑުގައި ދިރިއުޅޭކަން ދެނަހުރީމުތަ؟ މި ސުއިއްޕަށް އާންމުކޮށް ކިޔާ އުޅެނީ އައިލޭޝް މައިޓް. ނަމަވެސް މި ސޫފީގެ ދެ ވައްތަރެއް ހުރޭ. ސައިންޓިފިކަލީ މި ދެ ވައްޔަރަށް ކިޔާ ނަންތަކަކީ ޑެމޮޑެކްސް ފޮލިކިއުލޯރަމް އަދި ޑެމޮޑެކްސް ބްރެވިސް. ޑެމޮޑެކްްސް ފޮލިކިއުލޯރަމް އަކީ ލޮލުގެ އެސްފިޔަ ތަކުގެ ބުޑުގައި ދިރިއުޅޭ ސުއިއްޕެއް. ޑެމޮޑެކްސް ބްރެވިސް އަކީ ހަންގަނޑުގައި ހުންނަ ދާ ނުކުންނަ ގުލޭންޑުތަކާއި ތެޔޮ ގުލޭންޑު ތަކުގައި ދިރިއުޅޭ ސުއިއްޕެއް. މި ސޫފިތަކަކީ އިންސާނާގެ ހަށިގަނޑުގައި ދިރިއުޅޭ އިރު އެއްވެސް ގެއްލުމެއް އަދި އުނދަގުލެއްވެސް އިންސާނާއަށް ކުރުވާ ސުއިއްޕެއް ނޫން. ނަމަވެސް އާދަޔާ ހިލާފަށް މި ސޫފި އިތުރުވެއްޖެނަމަ ސިއްހީ މައްސަލަތަށް ދިމާވާނެ. މި ސޫފީގެ ބޮޑުމިނަކީ މިލިމީޓަރެއްގެ ތިންބައިކޮށްފަ އެއްބަޔަށް ވުރެ ވެސް ކުޑަ މިނެއް. މިސޫފީ މައިކްރޮސްކޯޕަކުން ބަލައިލުމުން މި ސޫފީގައި 8 ފައި ވަނިކޮށް ފެންނާނެ. އިސްތަށިތަކު ބުޑުގައި އުޅޭ ސޫފި ތަކާއި ހަނގަނޑުގެ ގްލޭންޑް ތަކުގައި އުޅޭ ސޫފިތައް، އިންސާނާ ނިދާ މޫނު މަތީގެ ހަރަކާތްތައް ހުއްޓުމުން، އެތަންތަނުން ނުކުމެ "މޫނުގައި" ދަތުރުކުރަން ފަށާ. އެގޮތުން އެއް ތަނުން އަނެއްތަނަށް ދަތުރު ކުރޭ. އަދި އެ ސޫފީގެ ކާނާ ހޯދަނީވެސް މި ވަގުތު. މި ސޫފިތަކުގެ މައިގަނޑު ކާނާއަކަށް ވެފައިވަނީ އިންސާނާގެ މޫނުގައި ހުންނަ މަރުވެފައިވާ ކުދި ކުދި ހަންކޮޅުކޮޅު. މި ސޫފިތައް އިންސާނާގެ ހަށިގަނޑުގައި ދިރިއުޅެމުން ދާއިރު، މި ސޫފިތައް ކާނާ ހޯދަނީ އިންސާނާގެ ހަށިގަނޑުން. އަދި ސޫފީގެ ނަޖިސްވެސް ބޭރުވާނީ އިންސާނާގެ ހަންގަނޑަށް. އަދި މި ސޫފީގެ ދެ ޖިންސު ޖޯޑު ވުމާއި ދަރިމައިވުމާއި ބިސްއެޅުމާއި ބިހުން ދަރިން ވިހެއުމުގެ ނިޒާމުގެ ތަރުތީބުވެފައިވަނީ އިންސާނާގެ މޫނުގައި. މާތް ﷲ ތަރުތީބު ކުރައްވާފައިވާ މި ނިޒާމުގެ ހަމަހަމަކަން ދަލީލުކޮށްދެނީ ކޮންމެ ދުވަހަކު ފަސް ފަހަރު މޫނު ދޮންނަން (ވުޟޫކުރަން) އިސްލާމް ދީނުގައި އައިސްފައިވުން. މިކަންކަމުން އެނގި ހާމަ ވަނީ އިސްލާމްދީނުގެ ފުރިހަމަކަމާއި މާތް ﷲ ގެ ކުޅަދުންވަންތަކަން.