ސައުތު ކޮރެޔާގެ ހަން ކޯރުގެ މަތިން، 300 ޑްރޯން ބޭނުންކޮށްގެން ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް މުހިންމު މެސެޖެއް ދީފައި. 10 މިނިޓަށް ދެމިގެން ދިޔަ މި ދައްކާލުން އިންތިޒާމްކުރީ އެގައުމުގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ގެ ފަރާތުން. 900 ގްރާމްގެ ޑްރޯންތައް ބޭނުންކޮށްގެން ހުށަހެޅި މި ދައްކާލުމަށް ގިނަބަޔަކު އަންނަނީ ތަޢުރީފް ކުރަމުން. ސައުތު ކޮރެޔާއިން ކޮވިޑް-19 ކޮންޓްރޯލް ކޮށްފައި އޮތްމިންވަރުވެސް ގައުމުތަކުން ވަނީ ފާހަގަ ކޮށްފައި.