ގަސްގަހާގެއްސަކީ މާތް ﷲ ހަލްޤު ކުރައްވާފައިވާ ވަރަށް އާދަޔާހިލާފު މަހުލޫޤެއް. ގަހަކީ އޭގައި ފުރާނައެއް ނެތްނަމަވެސް ދިރުމެއް ވާ އެއްޗެއް. ގަސްގަހާއި އިންސާނާގެ ދިރިއުޅުމާއި ވަނީ ގުދުރަތީ ނިޒާމަކުން ގުޅިފަ.

އެގޮތުން އިންސާނުންނަށް ބޭނުންވާ ކާނާގެ އިތުރުން އިންސާނާ ދިރިހުރުމަށް ލެވޭ ނޭވާގާ ހުރުން ވާޖިބު އެއް މާއްދާ ކަމުގައިވާ އޮކްސިޖަން އުފައްދައިދޭ މައިގަނޑު އެއް ކާރުހާނާއަކީވެސް ގަސްތައް.

އެވްރެޖު މިނެއް އަދި އުމުރެެއްގެ ގަހަކުން އަހަރެއްގެ މައްޗަށް ކިހާ އޮކްސިޖަނެއް އުފައްދާކަން ދެނަހުރީމުތަ؟ މިފަދަ ގަހަކުން ގާތްގަނޑަކަށް އަހަރަކު 260 ޕައުންޑާއި 300 ޕައުންޑާއި ދެމެދުގެ އަދަދަކަށް އޮކްސިޖަން އުފައްދާ.

ސައިންސުވެރިން ފާހަގަ ކުރާ ތަފާސް ހިސާބެއްގައި ބުނަނީ ކޮންމެ ދެގަހަކުން ކުޑަ އާއިލާއަކަަށް ބޭނުންވާ އޮކްސިޖަން އުފައްދައިދެވޭނެކަމަށް.

މި ކުޑަ އާއިލާގައި 3 ނުވަތަ 6 މެންބަރުން ހިމެނުނަސް ފުދޭނެކަމަށް. ގަސްގަހަކީ އެއަށް ކާބަންޑައިއޮކްސައިޑް ނުވަތަ ކާބަން އެކުލެވޭ ވައި ދަމާ އެއްޗެއް. އެގޮތުން އާދައިގެ ކާރެއް، 26000 މޭލު ދުރަށް ދުއްވުމުން އުފެދޭ ކާބަން ސާފުކުރުމުގައި، އެއްމެ ގަހެއްނަމަ ހޭދަކުރެވޭނީ އަހަރެއްގެ މުއްދަތު. މިއީ ގަސްގަހާއި އެ ގަސްގަހުން އޮކްސިޖަނާއި ކާބަންޑައި އޮކްސައިޑާއި ގުޅޭ ގޮތުން "ސޭވްޓްރީ.ކޮމް" ގައި ޝާއިއުކޮށްފައިވާ މައުލޫމާތުކޮޅެއް.