ސަރޖެންޓް ކެވިން ބްރިގްސް އަކީ ކެލިފޯނިޔާގެ ހައިވޭ ޕެޓްރޯލް ކުރާ އޮފިސަރެއް. ސެންފްރެންސިސްކޯ ބޭ ގައި އޮންނަ ގޯލްޑަން ގޭޓް ބްރިޖުން ފުންމާލައިގެން އަމިއްލައަށް މަރުވަން މަސައްކަތްކުރި 200 އަށްވުރެ ގިނަ މީހުން ކެވިން ވަނީ ހުއްޓުވާ އެމީހުނަށް ނަސޭހަތްދީފައި. މި މިސައްކަތަށް އިތުރުވަގުތު ދިނުމަށް ކެވިން ވަނީ ހައިވޭ ޕެޓްރޯލް ކުރުމުގެ ވަޒީފާއިން އަވަހަށް ރިޓަޔަރ ވެފައި. 1994 ގައި ކެވިން  ޕެޓްރޯލިންގ ގެ ވަޒީފާއަށް ނިކުތީ ހަމައެކަނި އެކަން ތަޖުރިބާ ކޮށްލަން. ނަމަވެސް ވަޒީފާ އާ ގުޅުނު ފަހުން ކޮންމެ މަހަކު އެވްރެޖްކޮށް ދެމީހުން އެ ބުރިޖުން ފުންމާލައިގެން އަމިއްލަ ފުރާނަ ދުއްވާލާ. މިގޮތަށް އަންނަ މީހުނާ ވާހަކަ ދައްކާ އެކަން ހުއްޓުވަން ފެށުމުން 2013 ވަނަ އަހަރު، އެމެރިކާގައި އަމިއްލައަށް މަރުވުން ހުއްޓުވުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއިން ވަނީ ކެވިންގެ މަސައްކަތް ފާހަގަ ކޮށްފައި.