ކަނޑުގާ އުޅޭ އެކި ވައްތަރުގެ ދިރުންތަކުގެ ތެރެއިން ފިރުއައުނުމުދާ (ޖެލީފިޝް)، މިއީ ވަރަށް އާދަޔާ ހިލާފު ދިރުމެއް. ފިރުއައުނު މުދަލުގެ އެތައް ހާސް ބާވަތެއް ދުނިޔޭގެ ކަނޑުތަކުގައި ދިރިއުޅޭ. އެގޮތުން ޕޯޗުގީޒު މެން އޯ' ވަރ އަކީ ވަރަށް އާދަޔާ ހިލާފު ފިރުއައުނުމުދަލެއް. މިއަށް ސައިންޓިފިކަލީ ކިޔާ އުޅެނީ "ފައިސާލިއާ ފައިސަލިސް". އަދި މިއަށް ބުލޫބޮޓްލް ޖެލީފިޝް އޭ ވެސް ކިޔާ. މިއީ އާންމުގޮތެއްގައި ޕެސިފިކް ކަނޑާއި އިންޑިޔާކަނޑުން ފެންނަ ބާވަތެއް.
މި ބާވަތުގެ ފިރުއައުނުމުދަލަށް ޕޯޗުގީޒު މެން އޯ' ވަރ އޭ ކިޔުނީ، އެއީ މެން އޯ' ވަރ އަކީ ޕޯޗުގީޒުންގެ ކަނޑުގެ ލަޝްކަރުތަކުގައި ހަނގުރާމަ އަށް ހަނގުރާމަވެރިން އުފުލާ އުޅުނު ހަނގުރާމަ މަތީ ނަވެއް. މި ނަވަކީ ބޮޑު ރިޔަލެއް ނަގާ ބާރަށް ދުއްވާ އުޅުނު ނަވެއް.
ޕޯޗުގީޒު މެން އޯ' ވަރ އަކީ އާންމުގޮތެއްގައި ދެފެން ދޭތެރޭ އޮންނަ އެއްޗެއް. އެސޮރުގެ ހަށިގަނޑުގެ މަތީބައި ނުވަތަ ގައިގަނޑުގެ އެއްބައި އޮންނާނީ ފެނުން މަތީގައި. މިބައި ސިފަ ވާނީ ވައި ޖަހާފައިވާ ކޮތަޅެއްގެ ސިފައިގަ. މި ބައިގައި ވައި އެޅުމުން އެސޮރު ދުވަން ފަށާ. އެހެން އިބާރާތަކުން ބުނާނަމަ އެ ސޮރު ދަތުރުކޮށް ހަދަނީ "ރިޔަލެއް" ނަގައިގެން. މިއީ މިއަށް މެން އޯ' ވަރ ގެ ނަން ދެވުނު ސަބަބު ކަމުގައި ދިރާސާވެރިން ދެކިލައްވާ.
މިސޮރުގެ ހަށިގަނޑުގައި ބޯވާގައި ހުންނަ ފަދަ ދިގު ފައިތަކެއް ހުރޭ. މި ފައިތަކުގައި ހުންނަ ވިހައެއްގެ ސަބަބުން އޭގައި ޖެހޭ އެހެން ދިރޭތަކެތި މަރުވޭ. އެއާއި އެކު އެ ފައިތަކުގެ ތެރޭގައި އެ އެއްޗެއް ތަތްވޭ. އެއާއި އެކު އެ ފައިތަކުން އުފެދޭ ދިޔަވަރުތަކަކާއި އެކު އެ އެއްޗެއް ހަޖަމުގެ އެ އެއްޗަކުން އެސޮރަށް ބޭނުންވާ މާއްދާތައް ނަގާ.
ޕޯޗުގީޒު މެން އޯ' ވަރ ގެ ފައިތަކުގެ އެވްރެޖު ދިގުމިނަކީ ދިހަ ފޫޓު. ނަމަވެސް މި ފައިތައް 100 ފޫޓަށް ދިގުވުމުގެ ގާބިލުކަން ލިބިފައިވޭ. އަދި އެ ދިގުމިނުގެ އެއްޗެހިވެސް ދިރާސާވެރިންނަށް ވަނީ ފެނިފާ. އެސޮރުގެ ފައިތައް ދިގުކަމުގެ ނަތީޖާއަކީ އެ ފައިތަކުގައި ބޮޑެތި ބައެއް މަސްމަހާއި ބޯވަދިލަމަސްފަދަ މަސްމަހާމެހި ޖެހި، ޝިކާރައަކަށް ވެގެން ދިއުން. މި ފައިތަކުގައި ވާ ވިހައިގެ ސަބަބުން އިންސާނާގެ ހަންގަނޑުގައި ޖެހުނުން އެތަނެއް ކަނޑައިގެން ދާނެ. ނުވަތަ އެތަނެއް ފާރުކޮށްލާނެ. އަދި އެ ފައެއް އިންސާނާގެ ގައިގާ ނުވަތަ ހަންގަނޑުގައި ތަތްލުމަކީވެސް ވަރަށް ގާތްކަމެއް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން