ބުޅާ އަދި ކުއްތާގެ ސިފަތައްވެސް ލިބިފައިވާ ހައިނާއަކީ އެފްރިކަން ސިންގާގެ ފަހަށް، ދިރޭތަކެތި ޝިކާރަކުރާ އެންމެ ބޮޑު ޖަނަވާރު. ހައިނާއަކީ މިޒާޖު ދެނެގަންނަން އުނދަގޫ، ވިސްނުންތޫނު އަދި ފަސޭހަ އެހެން ޖަނަވާރުންނާ އެކުލަވާ އެއްޗެއް. ނަމަވެސް އެހެން ޖަނަވާރުން ހައިނާ އާ ގަޔާވުން ކުޑަ. ހައިނާގެ އެންމެ ތަފާތުއެއް ކަމަކީ އެސޮރުގެ ވަރުގަދަ ދަތްޕިލަ. އެހެން ޖަނަވާރުން ފަހަތުން ދުވެ އަތުލައި އޭގެ ކަށިތަކާއެކުގައި ކާލާ. މިހެން ހެދުމުން ހައިނާ ބޮޑުކަމުދާތަކެތީގައި ގިނަ އަދަދަކަށް ކެލްސިއަމް ހުރޭ. އެހެން މާދުރުން ފެންނަ އިރުވެސް ބޮޑުކަމުދާ ތަކެތި ހުންނަނީ ހުދު ކުލައިގައި.