ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ފަރުބަދަ ތަކުގައި އެތައް ހޮހަޅައެއް އުފެދިފާ ހުރޭ. އަދި އިންސާނުން މިފަދަ އެތައް ހޮހަޅައެއް ހަދާފައިވެސް ހުރޭ. އެގޮތުން ދުނިޔޭގައިވާ މިފަދަ އެންމެ ބޮޑު ހޮހަޅައަކީ ކޮބައިކަން ދެނަހުރީމުތަ؟

މިއީ ވިއެޓްނާމުގައި ހުންނަ ސޮން ދޫންގ ނަމަކަށް ކިޔާ ހޮހަޅައެއް. މިއީ ގުދުރަތީގޮތުން އުފެދިފައިވާ ހޮހަޅައެއްކަމަށް ދިރާސާވެރިން ފާހަގަ ކުރޭ. އެންމެ ފުރަތަމަ މި ހޮހަޅަ ވެފައިފައިވަނީ ވިއެޓްނާމުގެ ދަނޑުވެރިއެއް ކަމަށްވާ ހޯ ޙާން ނަމަކަށް ކިޔާ މީހަކަށް. އެއީ 1991ގަ. އޭރު އޭނާއަށް މިއީ ދުނިޔޭގައި މަޝްހޫރު ތަނަކަށް ވާނޭކަން އިހުސާސްކުރެވިފައި ނުވުމުން، އެތަނުގެ ވާހަކަ އޭނާ އެހެން މީހުންނާ ހިއްސާކޮށްފައެއް ނުވޭ. އެހެންކަމުން، ދުނިޔޭގެ ސަމާލުކަމަށް މި ހޮހަޅަ އައިސްފައިވަނީ ހޯ ޙާން މި ދުނިޔެ ދޫކުރިފަހުން، 2006ގަ.

ބުނެވޭގޮތުގައި މި ހޮހަޅައަށް އެތައް މިލިއަން އަހަރެއް ވެދާނެ. އަދި މި ހޮހަޅައިގެ ބޮޑުމިނުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ 38.5 މިލިއަން ކިއުބިކް މީޓަރު. ގުދުރަތީ އެތައް ރީތިކަމަކާއި ހިތްގައިމު ކަމެއް ލިބިފައިވާ މި ހޮހަޅަ އަކީ ފޮން-ނަ-ކީ-ބޭންގ ނެޝަނަލް ޕާކުގެ ބައެއް. އަދި މިއީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައިވެސް ހިމެނިފައިވާ ތަނެއް. މިއަދު މިއީ ފަތުރުވެރިންނާއި ދަތުރުވެރިންގެ ބޮޑު މަންޒިލެއް.