ބޯވަ އަކީ ވަރަށްގިނަ މީހުންނަށް ކަމުދާ މަހެއް. އެކި ގޮތްގޮތަށް ތައްޔާރުކޮށްގެން ބޯވާ ކަައި އުޅޭ. ބޯވާ ކެއުމުގައި އާދަޔާހިލާފު ތަފާތު ކެއުމެއް ތައްޔާރު ކުރާ ބަޔަކު ދުނިޔޭގައި އުޅޭ. އެއީ ޖަޕާނާއި ދެކުނު ކޮރެއާ.
މިދެގައުމުގައި ކުދި ބޯވާ، ދިރޭ ބޯވާ އަކީ ޑިޝް އެއް. އެއީ ކެއުމެއް. މިއީ ތަޖުރިބާކޮށްލަންވެސް އާދަޔާހިލާފު ކެއުމެއް. ރޮލާ ތައްޔާރުކޮށްފައި ހުންނަ ބޯވާ ތައްޔާރު ކުރަނީ އެކަމަަށް ތަމްރީނު ލިބިފައިތިބޭ ވަކި ބަޔަކު.
މިއީ މިހާތަނަށް އުފެއްދި އެންމެ ބިރުވެރި ޑިޝް. މިއީ އެ ކައިގެން އިންސާނާގެ ކަރުތެރެބެދި ނޭވާ ހާސްވެދާ މަރު ވެދާނޭ ކަމެއް. ބޯވާގެ ފައިގާ ހުންނަ އުންތަކަކީ ތަތްގަދަ އުންތަކެއް. އެހެންކަމުން ދިރޭ ބޯވާއެެއް ކާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް އެބަ އޮތް. އެއީ ބޯވާގެ ބޮލުގައި ހިފާ ނެގުމަށްފަހު ފައިތައް ވަކި ވަކިން، މަތިން ތިރިއަށްވާގޮތަށް އަތުން ފިތާލާ ފެލައިލަން ވާނެ. މިހެން ހެދުމުން އުންތަކުގެ ތަތްކަމުގެ ބާރު ކުޑަ ވާނެ. މިއީ މި ޑިޝް ކާން ފަސޭހަ ވާނޭ ގޮތެއް.
2010ވަނަ އަހަރު ދެކުނު ކޮރެއާގެ އަންހެނަކު، މީސް މީޑިއާގައި ވަގުތުން ހިއްސާ ކުރަމުން ދިޔަ މަންޒަރުތަކަކުން ފެންނަ ގޮތުގައި އެ ބޯވާގެ އުންތަކުން އޭނާގެ މުނޫގައި ތަތްކޮަށް އޭނާގެ އަރުތެރޭގައިވެސް ތަތްކޮަށް ނޭވައި ހާސްކުރުވި. ކަންދިމާކުރިގޮތުން އެ ހާދިސާގައި އޭނާ ވަނީ ސަލާމަތްވެފަ. ބުނެވޭގޮތުގައި މިފަދައިން ދިރޭ ކުދި ބޯވާ ކައިގެން އެތައް ބަޔަކު ވަނީ މަރުވެފާ. ނަމަވެސް ޖަޕާނާއި ދެކުނު ކޮރެއާގައި އަދިވެސް މި ސަގާފަތް އޮވޭ.
ވަކި ބާވަތެއްގެ ސޯސްއެއް ބޭނުންކޮށްގެން ވަކި ގޮތަކަށް ތައްޔާރުކުރާ މި ބޯވާ އަށް މި ސޯސްތައް އެޅުމުން އެސޮރުގެ ބާރު ކޮންމެވެސް ވަރަކަށް ނެތިދާ ކަމަށް ބުނެވޭ. އަދި މިއީ ކޮންމެ ކޮންމެ ކައްކާއަކަަށް ތައްޔާރު ކުރެވޭނޭ ކެއުމެއްވެސް ނޫން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން