2015 ޖުލައި 28 ވަނަ ދުވަހު އިންޑިޔާގެ ދާދާރާއޯ ބިލްހޯރްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު ޕްރަކާޝް މި ދުނިޔެއާ ވަކި ވެގެން ދިޔައީ މަގުމަތީގައި ހެދިފައިވާ ވަޅުގަނޑެއްގެ ސަބަބުން ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި. ދަރިފުޅު ބީވެގެން ދިއުމުން ލިބުނު މާޔޫސްކަން ކިތަންމެ ބޮޑު ނަމަވެސް ދާދާރާރޯ ހިތްވަރު ކޮށްފައި ނިކުތީ އޭނާއަށް ލިބުނު ދެރައެއް އެހެން މީހަކަށް ވާން ނޭދޭތީ. މަގުތައް ބަލަހައްޓާ އިދާރާގެ އެއްވެސް އެއްބާރުލުމެއް މިކަމުގައި ނުލިބުމުން، ދާދާރާއޯ އެކަނިމާ އެކަނި ނިކުމެ މަގުމަތީގައި މިހެން ހެދިފައި ހުންނަ ވަޅުގަނޑުތަކަށް ސިމެންތި އަޅާ އެއްވަރު ކޮށް ހަދަން ފެށި. މިހާތަނަށް އޭނާ ވަނީ މި ފަދަ 600 އަށް ވުރެ ގިނަ ވަޅުގަނޑު ބައްދާ އެއްވަރު ކޮށްފައި. މިހެން މަގުމަތީގައި ވަޅުހެދިފައި ހުންނަނަމަ އެކަން އޭނާއަށް ރިޕޯޓް ކުރުމަށްޓަކައި މޮބައިލް އެޕްލިކޭޝަނެއްވެސް ވަނީ ލޯންޗް ކުރެވިފައި. މީގެ އެހީގައި އެކި ހިސާބުގައި ހެދިފައި ހުންނަ މި ފަދަ ވަޅުގަނޑުގެ މައުލޫމާތު އާންމުންގެ ފަރާތުން ލޮބުމުން ދާދާރާއޯ އެސަރަހައްދަކަށް ގޮސް އެތަނެއް ރަގަޅު ކުރޭ. މިކަމުގައި ބައެއް ފަހަރު އޭނާގެ ފިރިހެން ދަރިފުޅުގެ ރައްޓެހިންނާއި ބައެއް އާންމުންވެސް ބައިވެރިވޭ. އިންޑިޔާގައި މިހާރު މީނާ މަޝްހޫރުވެފައިވަނީ "ޕޮޓްހޯލް ދާދާ" ގެ ނަމުން.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން