ދުނިޔޭގެ މިބުގައި ވާ ކޯރުތަކާއި ފެންގަނޑު ތަކުގެ ތެރެއިން ގިނަ ފެންގަނޑުތަކާ ކޯރުތަކަކީ ކިސަޑު ތަންތަން. ސާފު އަލި ތަންތަންވެސް ހުރޭ. ތަފާތު އަޖައިބު ކުރަނިވި ތަންތަންވެސް ހުރޭ.
މިގޮތުން އޮސްޓްރޭލިއާގައި އޮންނަ ލޭކް ހިލިއަރ ނަމަކަށް ކިޔާ ފެންގަނޑަކީ މި ފެންގަނޑުގެ އަޖައިބުކުރަނިވި ކުލައިން މަޝްހޫރުކަން ލިބިފައިވާ ފެންގަނޑެއް. މިފަދަ އެހެން ފެންގަނޑުތަކާއި ހިލާފަށް މި ފެންގަނޑުގައި ހުންނަނީ ފިޔާތޮށި ކުލަ. އަދި މި ކުލަ ފެނުގައިވެސް ހުރޭ. ދިރާސާވެރިން ހޯދާފައިވާ ހޯދުންތަކުން އެނގޭގޮތުގައި މި ފެންގަނޑުގެ އަޖައިބުކުރަނިވި މި ފިޔާތޮށިކުލަ، މި ފެންގަނޑަށް ލިބިފައިވަނީ މި ފެންގަނޑުގައި ހުންނަ "އަލްގޭ" އެއްގެ ސަބަބުން. އޭގެތެރޭގައި "ހޮލޯބެކްޓީރިއާ" އަދި އެހެންކަހަލަ ބައެއް މައިކްރޯއޯގަނިޒަމް ހިމެނޭ. މި ތަކެތީގެ ސަބަބުން މި ފެންގަނޑު ފެންނަނީ ގަދަ ފިޔާތޮށި ކުލައެއްގަ. މީގެ އިތުރުން ލޭކް ހިލިއަރ ގެ ފެންގަނޑަކީ ލޮނުކަން ގަދަ ފެނެއް. ބުނެވޭގޮތުގައި، "ޑެޑްސީ" ގެ ލޮނުގަނޑާ ދާދި އެއްވަރަކަށް މި ފެންގަނޑިގެ ލޮނުކަންވެސް ގަދަ. ބޮޑުމިނުގައި 1.5 ހެކްޓަރު ހުންނަ މި ފެންގަނޑުގައި އެއްވެސް ބާވަތެއްގެ ދިރުމެއް ނޫޅޭ. ނަމަވެސް ބައެއްކަހަލަ މައިކްރޯއޯގަނިޒަމްސް އުޅޭ.
އޮސްޓްރޭލިއާގެ ކަނޑުގެ އައްސޭރިއާއި ކައިރީގައި އެކަހެރިކޮށް އޮންނަ މި ފެންގަނޑު އެންމެ ފުރަތަމަ ހޯދިފައިވަނީ 1802 ވަނަ އަހަރު، މެތިއު ފްލިންޑާސް ނަމަކަށް ކިޔާ މާލިމީއަކަށް.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން