ކަނޑުގެ ދިރުން ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތް ކަމަށްވާ ބޯވާ އެހެން ގިނަ ދިރުން ތަކާ ވަރަށް ތަފާތު. ބޯވާގައި 3 ހިތް އިނދޭ. 9 ސިކުނޑި އިނދޭ އަދި ލޭ ހުންނާނީ ނޫކުލައިން. މި 9 ސިކުނޑީގެ ތެރެއިން މައި ސިކުނޑިއަކީ މުޅި ނާރުގެ ނިޒާމް ކޮންޓްރޯލް ސިކުނޑި. ބޯވާގައި 8 ފައި އިންނަ އިރު ކޮންމެ ފައެއްގައި ކުޑަ ސިކުނޑިއެއް އިނދޭ. ބޯވާގެ ލޭ ނޫކުލައިން ހުންނަނީ ލޭގައި ހުންނަ " ހިމޮސައިނިން" ކިޔާ މާއްދާއެއްގެ ސަބަބުން. މިއީ އިންސާނުންގެ ލޭގައި އޮކްސިޖަން ހިފައިގެން ހިމޮގްލޮބިން ދައުރުވާ ހެން ދައުރުވާ އެއްޗެއް.