އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ތެރޭގައި މުސަޅަކީ ވަރަށްގިނަ މީހުން ޝައުގުވެރިވާ ޖަނަވާރެއް. މުސަޅަކީ އިންސާނުންނާއި އޮޅު، އިންސާނުންނަށް "ޖަވާބުދީ" ސަކަރާތްވެސް ޖަހާ ޖަނަވާރެއް. މުސަޅުގެ އެތައް ވައްތަރެެއް ހުންނަ އިރު އެކި ކުލަކުލާގައިވެސް މުސަޅު ހުރޭ. މުސަޅުގެ ކޮންމެ މައްތަރަކީވެސް އޭގައި ބޮޑު ދެ ކަންފަތް އިންނަ ޖަނަވާރެއް. މުސަޅުގެ މި ބޮޑު ކަންފަތުގެ ބޭނުމަކީ ކޮބާ؟

މުސަޅުގެ ކަންފަތަކީ ހަމައެކަނި އަޑުއަހަން ބޭނުން ކުރާ ގުނަވަނެއް ނޫން. މުސަޅުގެ މި ބޮޑު ކަންފަތަކީ ގާތްގަނޑަކަށް 270 ޑިގްރީއަށް އަނބުރާލުމުގެ ކުޅަދާނަކަން ލިބިފައިވާ ކަންފަތެއް. ނަތީޖާ އަކަށް ވަނީ ދުރުން އިވޭ އަޑުތަކާއި ވަކި މިސްރާބެއް ނޭނގި އިވޭ އަޑުތަކުން ސީދާ އެ އަޑު އަންނަ ތަނެއް ދެނެގަތުން. މިސާލަކަށް ދުރުގައި ހުންނަ އެއްޗެއްގައި މީހަކު ޖަހާނަމަ އެއިން އުފެދޭ އަޑު، އެ އަޑެއް އަންނަ ދިމާ އަހަރެމެން އިންސާނުންނަށް އެނގުނަސް ސީދާ ސާފު ތަނެއް ނޭނގޭ. ނުވަތަ ސާފު މިސްރާބެއް ނޭނގޭ. ނަމަވެސް މުސަޅުގެ މި ބޮޑު ކަންފަތުގެ އެހީގައި އެކަން ދެނެގަނެވޭ.

މުސަޅުގެ ކަންފަތުގެ އަނެެއް ބޭނުމަކީ މުސަޅުގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓުރޯލުކޮށް ބޭރުގެ (މާހައުލުގެ) ފިނި ހޫނުމިނާއި އެއްވަރަށް ހަށިގަނޑުގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފަހައްޓައިދިނުން. މި ސަބަބާއި ހުރެ، ވެލިގަނޑުގެ އަޑީގައި ހަރުކޮނެގެން އުޅެން މިސޮރަށް ފަސޭހަވޭ. މާތް ﷲ ކޮންމެ އެއްޗެއްވެސް، ތަފާތުކޮށް ޙަލްޤުކުރައްވާފައިވަނީ އެކަމުގައި އެތައް ޙިކުމަތަކާއި އެތައް ފިލާވަޅުތަކެއް އިންސާނާއަށް ލިބޭނެ ގޮތަކަށް.