އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން ހުންކޮށި (ސްޕްލީން) ގެ ވާހަކަ ދައްކާއަޑު ވަރަށް ނީވޭ. މިއީވެސް ހަށިގަނޑުގައި ވަރަށް މުހިންމު ދައުރުތަކެއް އަދާކުރާ ގުނަވަނެއް. ހުންކޮަށްޓަކީ އިންސާނާގެ ވާތްފަރާތުން، މޭކަށިތަކުގެ ފުރަގަހުން، ފުއްޕާމޭގެ ފުލާއި ގާތްގަނޑަކަށް އެއް ހަމައެއްގައި އިންނަ ގުނަވަނެއް. މިއީ ލިންފް ނޮޑެއްވެސް މެ. ހުންކޮށީގެ މަސައްކަތްތަކަކީ ކޮބާ؟ އަދި ހުންކޮށްޓާއި ނުލާ އިންސާނަކަށް ދިރިހުރެވޭނެތަ؟
ހުންކޮށީގެ މަސައްކަތްތަކުގެ ތެރޭގައި ލޭ ފުރޭނުން ހިމެނޭ. ލޭގައި ހުންނަ ބަލި އަދި ހަލާކުވެފައިވާ ހަތައިތައް ހުންކޮށީގެ ތެރެއަށް ނަގާ، ހުންކޮށީގައި ޖަމާވެފައި ހުންނަ ދުޅަހެޔޮ ހަތައިތައް ހަށިގަނޑުގެ ތެރެއަށް ފޮނުވާ. ހަށިގަނޑުގެ ދިފާއީ ނިޒާމުގައިވެސް ހުންކޮށި ބޮޑު ދައުރެއް އަދާކުރޭ. އެގޮތުން ހަށިގަނޑަށް މަރުހަބާ ކިޔާ ކޮންމެ ނުރައްކާތެރި މައިކްރޯއޯގަނިޒަމް އަކަށް ލޭގެ ހުދު ހަތައިތައް ފޮނުވާ އެ އެއްޗެއް ނެތިކޮށްލަން އެހީތެރިވެދޭ. ހުންކޮށިން ލޭގެ ހުދު ހަތައިތައް ފޮނުވާ ނެތިކޮށްލާ ބައެއް ހާއްސަ ޖަރާސީމު ހުރޭ.
ހުންކޮށްޓަކީ ހަށިގަނޑުގައި އުފައްދާ ލޭގެ ޅަ ހަތަައިތައް ޖަމާވެ ތަސައްރަފު ފުދެމުންދާ ގުނަން. އެހެންކަމުން ހުންކޮށީގައި އަބަދުވެސް ގިނަ އަދަދަކަށް ލޭ ޖަމާވެފާ ހުންނާނެ. ހަށިގަނޑަށް ދިމާވާ އެކި އެކި ކަންކަމުގައި ނުވަތަ އަނިޔާތަކުގައި ކުއްލިގޮތަކަަށް ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވުމުން ނުވަތަ މަދުވުމުން، އެ ބައި ފޫބެއްދުމަށް ހުންކޮށީގައި ޖަމާވެފައި ހުންނަ މި ލޭތައް ހަށިގަނޑުގެ ތެރެއަށް ފޮނުވައިދޭ.
ދެން އޮތީ ހުންކޮށްޓާއި ނުލާ އުޅެވިދާނެތޯ ކުރާ ސުވާލު! އާދެ! ހުންކޮށްޓާއި ނުލާވެސް އިންސާނަކަށް ދިރިއުޅެވިދާނެ. ނަމަވެސް އާންމު އިންސާނެއްގެ ހަށިގަނޑާއި އެމީހެއްގެ ހަޑިގަނޑުގެ ކަންކަން ތަރުތީބުވެ ހިނގާ ގޮތުގައި ތަފާތުތަކެއް ހުރެދާނެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން