މިއީ ޒިން ހުއީ ނުވަތަ ލޭޑީ ޑައި ގެ ގަބުރު. މި ގަބުރަށް 2000 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެކަމަށް ބުނެވޭ. މި ގަބުރުގެ އިސްތަށި އަދިވެސް ހުރީ ރީތިކޮށް ބޮލުގައި ހަރުލާފައި. މީގެ އިތުރުން މީނާގެ ނޭފަތުގެ އެތެރޭގެ އިސްތައްޓާއި ބުމަ އަދި އެސްފިޔަ ވެސް ހަމަ ރީތިކޮށް އެބަހުރި. ހުޅު ތަކުގައި ހުންނަ "ލިގަމެންޓްސް" ހުރުމުގެ ސަބަބުން ހުޅުތައް ލަންބާ ހެދޭ. މިއީ ދުނިޔޭގެ ތާރީޚުގައި އެންމެ ފުރިހަމައަށް އަދި އެންމެ ތާޒާކަންމަތީ ރައްކާކުރެވިފައިވާ ގަބުރު. މި ގަބުރު ފެނުނީ 1971 ގައި މަސައްކަތް ކުރާ ބަޔަކު ކޮންނަނިކޮށް ފެނުނު މަޤްބަރާއެއްގެ ތެރެއިން. މީނާ އޮތް ތަނުގެ ތެރޭގައި ވަރަށް އަގުބޮޑެތި 1000 އަށް ވުރެ ގިނަ ސާމާނު ހުއްޓާ ފެނުނު. މިގެ ތެރޭގައި ލިޔެލާ ޖަހާފައިވާ ތަކެއްޗާއި، މޭކަޕް ސާމާނުގެ އިތުރުން އޭނާގެ ޚިދުމަތުގައި އުޅުން މީހުންގެ ސޫރަ ލަކުޑީގައި ކަނޑާ ނަގާފައި ހުއްޓާ ފެނުނު. މީގެ އިތުރުން މީނާގެ ކެއުމަށް ސުފުރާވެސް ހުރީ މިތަނުގައި ތައްޔާރު ކުރެވިފައި. ހަންގަނޑުވެސް ވަރަށް މަޑުކޮށް މިހެން އޮތް ގަބުރެއް މިހާ ގިނަ ދުވަސް ފަހުން ފެނުމުން މިފަދަ ދިރާސާކުރާ މީހުނަށްވެސް ބޮޑު ހައިރާން ކަމެއް ލިބުނު. 

ލޭޑީ ޑައި ކުރިން ހުންނާނެ ގޮތް ކަމަށް ލަފާ ކުރެވޭ ކުރެހުމެއް