ކަރުދާހަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށަވެސް ބޭނުންތެރި އެއްޗެއް. ފަންނިއްޔާތުގައި ލިޔެކިޔުމާއި އިދާރީ ކަންކަމުގައި މިއަދު، ކަރުދާސް މަދު މުޢާމަލާތްތަކެއް ކުރެވެމުން ދިޔަނަމަވެސް، ބައެއް ކަހަލަ އުފެއްދުން ތަކުގައި ޕްލާސްޓިކުގެ ބަދަލުގައި ބޭނުން ކުރަނީ ކަރުދާސް.

ދުނިޔޭގައި އެންމެ ފުރަތަމަ ކަރުދާހުގެ ގޮތުގައި ބޭނުންކޮށް އުޅުނީ ޖަނަވާރުނަގެ ތުނި ހަން. ތާރީޚު ޢިލްމުވެރިން ފާހަގަ ކުރާ ގޮތުފައި އީސާގެފާނުން ދުނިޔެއަށް ވަޑައިގަތުމުގެ އެތައް ސަތޭކަ އަހަރެއް ކުރިންވެސް ކަރުދާހުގެ ބޭނުން ކުރެވިފާވޭ. އެއީ އިސްވެ ބުނެވުނުހެން ޖަނަވާރުންގެ ހަމުގައި. އޭގެ ފަހުން ބައެއް ގަސްގަހުގެ ތޮއްޓާއި ބައެއް ތުނި ހިލަވެސް ބޭނުންކޮށްފައިވޭ.

ކަރުދާހަށް އިނގިރޭސިބަހުން ކިޔަނީ ޕޭޕާރ. މި ބަސް އިފެދިފައި ވަނީ ޤަދީމީ މިސްރުބަހެއް ކަމަށްވާ "ޕަޕީރުސް" މި ބަހުން.

ބުނެވޭ ގޮތުގައި މިހާރު މި ބޭނުން ކުރާ ކަރުދާހުގެ ހިޔާލު، (ލަކުޑިން ކަރުދާސް ހެދުމުގެ ހިޔާލު) އުފަން ކުރުވީ ޗާލްސް ފެނާޓީ ނަމަކަށް ކިޔާ މީހެެއް. 1838 ގައި އުފަންކުރުވި މި ހިޔާލާއެކު އުފެއްދުނު ކަރުދާސް ތައް ބޭނުންކޮށްފައިވަނީ ނޫހެއް ފަރުމާކުރުމަށް.