މީގެ 19 އަހަރު ކުރިން ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ރޭ 246 މީހުން ނިދީ ޖެހިގެން އަންނަ ދުވަހުގެ ހެދުނުގެ ފްލައިޓުން ދަތުރު ކުރުމަށް ތައްޔާރުވެގެން. 2،606 މީހުން ނިދީ އަނެއް ދުވަހު ހެނދުނު އޮފީހަށް ދާން ތައްޔާރު ވެގެން. އަލިފާން ނިވާ މީހުންގެ 343 މީހުން ނިދީ އަނެއް ދުވަހު ހެނދުނު ކުރާނެ ކަންކަން ރާވާފައި. 60 ފުލުހުން ނިދީ ޖެހިގެން އަންނަ ދުވަހު ހެނދުނު ޕެޓްރޯލް ކުރަން ނިކުންނަން ތައްޔާރުވެގެން. ކުއްލި ޙާލަތުގައި ސިއްޙީއެހީ ފޯރުކޮށްދޭ 8 މީހަކު ނިދީ އަނެއް ދުވަހަކީ އާދައިގެ ދުވަހަކަށް ވާނެ ކަމަށް އުއްމީދުކޮށްގެން. ނަމަވެސް މިއިން އެކަކަށް ވެސް އެމީހުން ރޭވި ގޮތަށް ކަންކަން ނުކުރެވި، ހެނދުނު 10 ގެ ކުރިން ވަނީ މި ދުނިޔެ އާ ވަކިވެފައި. ދުނިޔަވީ ޙަޔާތަކީ އެއްވެސް އިތުބާރެއް އޮތް އެއްޗެއް ނޫން ކަމަށް ބުނަނީ މިހެންވެ.