ޕެންޑާއަކީ ބަލާލާން ލޯބި ކަމުން ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި މަގްބޫލު ޖަނަވާރެއް. ބޮޑު ޕެންޑާއެއްގައި 45 ކިލޯ ހުރޭ އަދި 5 ފޫޓަށް ދިގުވޭ. ޕެންޑާގެ އުމުރުން 7 މަހުން ފެށިގެން ގަހަށް އަރާ އަދި ފަތަން އެނގޭ. ޕެންޑާގެ ކަޅު، ހުދު، ފިޔާތޮށި އަދި މުށި ކުލަ ހުރޭ. ޕެންޑާއަކީ ވަރަށް ކަންނެތް ޖަނަވާރެއް. އެމީހުންގެ މުޅި ދުވަސް އޮންނަނީ ކެއުމާއި ނިދުމުގައި. ޕެންޑާ އެއްދާން ކުރާނެ ބައިވެރިއަކު ހޯދަން މަސައްކަތް ކުރަނީ ވެސް ވަރަށް މަދުން. ކުޑަ ތަންކޮޅަކަށް ހިނގާލުމަށްފަހު ބައިވެރިއަކު ނުލިބިއްޖެ ނަމަ އަނެއްކާވެސް އައިސް ނިދަނީ. ޕެންޑާގެ ނަސްލު އިތުރު ވާލެއް ލަސްވެ، ނަސްލު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވަނީ މިހެންވެ. ޕެންޑާ އެއްދާން ކުރަނީ އާންމުކޮށް މަރޗް މަހާ މޭ މަހާ ދެމެދު. ބަލިވެ އިންނަތާ 3-5 މަސް ތެރޭގައި ޕެންޑާ ވިހާނެ. އަންހެން ޕެންޑާއެއް ގުދުރަތީގޮތުން ބަލިވެ އިންނަނީ އަހަރަކު އެއް ފަހަރު. ޕެންޑާ އާންމުކޮށް ވިހަނީ އޮގަސްޓް މަހު. ބޮޑު ޕެންޑާއެއް ދުވާލަކު 38-12 ކިލޯގެ އޮނު ކާނެ އަދި 28 ކިލޯގެ ބޮޑުކަމުދާ ތަކެތި ބޭރުކުރާނެ. ޕެންޑާގެ ކޮންމެ އަތެއް އަދި ފައެއްގައި 6 އިނގިލި އިނދޭ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން