ދިވެހިންގެ ތެރޭގައި މިއަދު މަގުބޫލުކަން ހޯދާފައިވާ ކެބެޖަކީ ވަރަށް ގަދީމީ ތަރުކާރީއެއް. ބުނެވޭގޮތުގައި ކެބެޖު ދަނޑުތައް ހައްދާ، ކެބެޖުގެ ދަނޑުވެރިކަން އިންސާނުން ކުރަންފެށީ މީގެ ގާތްގަނޑަކަށް 4000 އަހަރު ކުރިން.
ކެބެޖަކީ ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމު ކަމުގައިވާ ރަޝިޔާގެ ގައުމީ ކާނާ. ނުވަތަ އެ ގައުމުވެ ގައުމީ ތަރުކާރީ. ބުނެވޭ ގޮތުގައި ދެކުނު އެމެރިކާގެ ގައުމުތަކުގައި ކެބެޖު ގައި އުޅޭ މިންވަރަށްވުރެ، ރަޝިޔާގައި ކެބެޖު ކައި އުޅޭ މިންވަރު ހަތް ގުނަ އިތުރު.
ގަދީމީ ސީނުކަރައިގެ ހަކީމީ ބޭސްވެރިން، ކެބެޖު ބޭނުން ކުރަނީ ބޯ ތަލަވެފައިވާ މީހުންގެ ބޮލުން އިސްތަށި ފެޅުވުމަށް. ބުނެވޭ ގޮތުގައި އެ ޒަމާނުގައި މިކަން ކާމިޔާބު ފަރުވާއަކަށްވެސް ވަނީ ވެފަ. އެބައިމީހުން ފެނުގައި ކެބެޖުގެ ފަތްތައް މަޑު ކުރުމަށްފަހު، ޒާތެއްގެ ހަކީމީ ތެލެއް އުނގުޅުމަށްފަހު، ތަލަ މަތީގާ ބާއްވާ. މިއީ މިއަދު ސައިންޓިފިކަލީ ސައްހަ ފަރުވާއެއް ނޫން. އަދި މިއީ މިއަދު ސީނުކަރައިގައިވެސް ކުރާ ފަރުވާއެއް ނޫން.
ބައެއް ގައުމުތަކުގައި އެ ގައުމުތަކުގެ ގަދީމީ ދުވަސްވަރު، ކެބެޖަކީ އެ ގައުމުތަކުގެ ފަގީރުންގެ ކާނާއެއް. ނަމަވެސް އެއާއި ހިލާފަށް މިއަދު މުއްސަނދިންނަކީ އެންމެ ގިނައިން ކެބެޖު ކާ މީހުން ކަމުގައި ވާނެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން