ހަމަކީ އިންސާނުންގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަން، އަދި ހަށިގަނޑުގެ ފިނިހޫނުމިން ދެނެގަނެ ހަށިގަނޑުގެ މަސްތައް ޙިމާޔަތްކުރަނީ ހަންގަނޑު. ހަމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތަކަށް އިންފެކްޝަނާއި އެހެން ބަލި ޖެހުމުން ދުރުކޮށްދޭ. އެވްރެޖް މީހެއްގެ ހަންގަނޑުގައި 2 އަކަމީޓަރު ހުރުމާއެކު ހަށިގަނޑުގެ 15 އިންސައްތަ ބަރުދަން ޙިއްސާ ކުރާނެ. އަހަރެއްގެ ތެރޭގައި އެވްރެޖް މީހެއްގެ ހަންގަނޑުގައި 21 އަކަފޫޓް ހުރެފައި އޭގެ ބަރުމިން 9 ޕައުންޑަށް އެރުމުގެ އިތުރުން ހަމުގައި އެކުލެވޭ ހިމަ ލޭނާރުގެ ދިގުމިން 11 މޭލަށް އަރާނެ. އެވްރެޖް މީހެއްގެހަމުގައި 300 މިލިއަން ސެލް ހިމެނޭނެ. ކޮންމެ އަކަ އިންޗި އެއްގައި 19 މިލިއަން ސެލް އަދި ދާ ބޭރުކުރަން 300 ގްލޭންޑް އިންނާނެ. އިންސާނާގެ ހަންގަނޑު އެންމެ ބޯކޮށް ހުންނާނީ ދަށްފައިގައި އަދި އެންމެ ތުނިކޮށް ހުންނާނީ ލޮލުގެ މަތީބޮނޑީގައި. އިންސާނާގެ މުޅި ހަންގަނޑު ކޮންމެ 28 ދުވަހަކުން އެއްކޮށް ބަދަލުވޭ. ބުނެވޭ ގޮތުގައި ގޭތެރޭގައި ހުންނަ ހިރަފުހުގެ 50 އިންސައްތައަކީ އިންސާނުންގެ ހަން.