ފިނިހައް ނުވަތަ ފިނިހަކަ އަކީ ދިވެހި ރާއްޖޭގައިވެސް އުޅޭ ސުއިއްޕެއް. ފިނިހަކަ އަކީ ތެތްފިނި ތަންތާނގައި އުޅޭ އެނބުރިފައިވާ ތޮށިގަނޑެއްގެ ތެރޭގައި އޮންނަ، މަޑުން ދުވާ، ސުއިއްޕެއް. މިއެތި ދުވަނީ، އެތެރޭގައި އޮންނަ މަސްގަނޑުން ބައެއް ބޭރަށް ނެރެގެން. ކަށިނެތް މި ސޫފީގެ މުޅި ހަށިގަނޑުގައި ވަނީ އެއްމެ މަސްގަނޑެއް. މި މަސްގަނޑުގައި އެސޮރުގެ ހުރިހާ ގުނަވަނެއް ވޭ.

ފިނިހަކައިގެ ކާނާ އަކީ ފަތްޕިލާވެއްޔާއި ބައެއް ކަހަލަ މޭވާއާއި ތަރުކާރީގެ ތޮށި. އަދި ބައެއްފަހަރަށް އެހެން ކުދި ސޫފާސޫފިވެސް ކައި އުޅޭ. ފިނިހަކައިގެ އަނގަ ހުންނަ ގޮތާއި އެސޮރު ކައި އުޅޭގޮތް ދެނަހުރީމުތަ؟

ފިނިހަކައިގެ އަނގައިގައި ކަތުރުކަށިގަނޑެއް ނެތް ނަމަވެސް ކޮލަކުން ހަފާ އުސޫލުން ހަފާ. އެސޮރުގެ އަނގައިގެ ތެރޭގައި ހާހުން ގުނޭހާ ގިނަ ދަތް ހުރޭ. މި ދަތްތަކަކީ ހަމަލޮލަށް ފެންނަ ވަރަށްވުރެ ކުދި، މައިކްރޮސްކޯޕިކް ދަތްތަކެއް. ފިނިހަކައިގެ އަނގައަށް ސައިންޓިފިކަލީ ދީފައިވާ ނަމަކީ "ރެޑުލާ".

މި ހުރިހާ ދަތްތަކެއްގެ ބޭނުމަކީ ކާ އެއްޗެހި ރީއްޗަށް އޮލަކުރުން. އަދި ހަޖަމަށް ލުއިކޮށްދިނުން. މޫދާއި އެއްގަމުގައި އުޅޭ ފިނިހަކައިގެ ވެސް އަނގައިގެ ނިޒާމު ތަރުތީބު ވެފާވަނީ ހަމަ އެއްގޮތަކަށް. ނަމަވެސް މޫދުގައި އުޅޭ ފިނިހަކައިގެ ނޭވާލާ ނިޒާމުގައި ވަނީ ކަރުގަނޑެއް. އެއްގަމުގައި އުޅޭ ފިނިހަކައިގެ ނޭވާލާނިޒާމުގައި ކުޑަ ފުއްޕާމެއެއް ވޭ.