ސިނގިރޭޓް އެންމެ ފުރަތަމަ ތަޢާރަފް ކުރެވުނީ 19 ވަނަ ޤަރުނުގެ ކުރީކޮޅު، އެމެރިކާގަ. އޭގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރަމުން އައީ ހަފައިގެންނާއި ފެނު ކައްކައިގެން، އެ ފެން ބޭނުން ކޮށްގެންނާއި ހިއްކާ މުރަނަކޮށް، ކުނޑިއަށް ހަދާ ނޭފަތުން ދަމައިގެން.

ެއެމެރިކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ސިނގިރޭޓް ބޭނުން ކުރާ މިންވަރު ވަނީ އިތުރުވެފަ. ސިނގިރޭޓުން އެންމެ ފުރަތަމަ "ފެޑެރަލް ޓެކްސް" ނެގީ 1864 ވަނަ އަހަރު. އޭގެ އޭގެ ދުވަސްކޮޅެއް ފަހުން ސިނގިރޭޓް އުފެއްދުމުގެ ސިނާއަތް ތަރައްގީވުމުން ފުޅާ ވަމުން ދިޔަ.

ހަމައެއާއެކު، "ޕޮޕިއުލިސްޓް" ސިއްހީ އިސްލާހުގެ ހަރަކާތުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅު ހަރަކާތެއް އުފެދުނު. 1880 -–1920 އަށް މި ހަރަކާތް ބޮޑުތަނުން ކުރިއަށް ގެންދިޔައީ ސިއްހީ މައްސަލަތަކަށްވުރެ ބޮޑަށް އަޚްލާޤީ އަދި ސާފުތާހިރުކަމުގެ ކަންބޮޑުވުންތަކެއްގެ ގޮތުގަ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފުއްޕާމޭގެ ކެންސަރާއި އެހެނިހެން ބަލިތަކާ އެންމެ ފުރަތަމަ ގުޅިފައި އޮތީ 1940 ގެ އަހަރުތަކުގެ ފަހުކޮޅު އަދި 1950 ގެ އަހަރުތަކުގެ ކުރީކޮޅުގަ. 1973 ވަނަ އަހަރަކީ އެންމެ ފުރަތަމަ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރި އަހަރު. އެއީ އެރިޒޯނާގެ އާންމު އިޖްތިމާއީ ސަރަހައްދު ތަކުގަ.