ސިކުނޑީގެ "ގުދަންކުރުމުގެ" ޖާގަ އަކީ ހައްދެއް ނުވަތަ އިމެއް ނެތް އެއްޗެއް ކަމަށް ބުނެވޭ. ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނާގެ ސިކުނޑި އެކުލެވިގެންވަނީ ގާތްގަނޑަކަށް 86 ބިލިއަން "ނިއުރޯން" ތަކުން. ކޮންމެ ނިއުރޯންއަކުން އެހެން ނިއުރޯންތަކާ ގުޅުންތައް އުފެދޭއިރު، އެ ނިއުރޯންތަކަށް 1 ކުއަޑްރިލިއަން (1،000 ޓްރިލިއަން) ގުޅުން އިތުރުވެދާނެ. އިންސާނާގެ އުމުރު ދޮށިވަމުން ދާ ވަރަކަށް މި ނިއުރޯންތައް އެއްވެ، "ގުދަންކުރުމުގެ" ޖާގަ އިތުރުވެގެންދޭ. ނަމަވެސް، މިސާލަކަށް އަލްޒައިމާ ބަލީގައި ގިނަ ނިއުރޯންތަކަށް ގެއްލުން ލިބި މަސައްކަތް ހުއްޓި، ޚާއްޞަކޮށް ހަނދާނަށް އަސަރުކޮށްފާވާ ވުމަކީ، އާންމު ހާލަތުން އިސްތިސްނާވެގެންދާނެ ހާލަތްތަކެއް.

ސިކުނޑީގައި "ގުދަންކުރެވިފައިވާ" މައުލޫމާތު ގަޑިއަކު 268 މޭލު ބާރުމިނުގައި، ސިކުނޑީގެ ނިއުރޯންތަކު ތެރެއިން ދަތުރުކުރޭ! ނިއުރޯންތަކަށް މެސެޖު ދިއުމުން އެ ނިއުރޯންތަކުން، އެއް ހަތައިން އަނެއް ހަތައަށް ދަތުރުކުރާ އިލެކްޓްރިކަލް އިމްޕަލްސްތަކެއް (ކަރަންޓުގެ ވިންދުތަކެއް) އުފައްދާ. ތަރުތީބުވެ ހިނގާ މި ގަވާއިދަށް ބުރޫއަރާނަމަ، ފިޓުޖެހުން ފަދަ ކަންކަން މެދުވެރިވެދާނެ.

އިންސާނާގެ ސިކުނޑިން ގާތްގަނޑަކަށް 23 ވޮޓްގެ ހަކަތަ އުފެއްދުމުގެ ގާބިލުކަން ލިބޭ. އެކަށީގެންވާ ވަރަށް ނިދުމަކީ ސިކުނޑީގައި ހުންނަ "މަގުތައް" ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެއް. މީގެ އިތުރުން ނިދި މަދުވުމަކީ ސިކުނޑީގައި އަލްޒައިމާ ބައްޔާއި ގުޅުންހުރި ޕްރޮޓީނެއް ގިނަވުން އިތުރުކޮށްދޭ ކަމެއް.