އަހަރެމެން ލިޔެ މިއުޅޭ ހިސާބު އަދަދުތަކުގެ އަސްލު އަހަރެމެންނަށް އެނގޭތަ؟ ހަގީގަތަކީ އެއިން ކޮންމެ އަދަދެއް އުފެދިގެން އައުމުގައި ވަކި ހާއްސަ އުސޫލެއް އޮތް ކަން. އަސްލަކީ އެކަކުން ސުމަކާ ދޭތެރޭ. (0 9 8 7 6 5 4 3 2 1). މި އަދަދުތައް އުފަން ކުރުވީ މޮޅު އިލްމުވެރި އެއް. ހިސާބު އިލްމުގައި އަރާ ހުންނެވި މޮޅު ޢާލިމެއް. 

ހިސާބު އަދަދުތަކުގެ އަސްލު ގުޅިފައިވަނީ މުސްލިމު އިލްމުވެރިއަކާ. އެއީ ހިސާބާ ފަލަކީ އިލްމާއި އަދި ޖޯގުރަފީގެ ރޮނގުންވެސް ފާހަގަ ކޮށްލެވޭ މޮޅު ބޭފުޅެއް. އާދެ، ފާރިސްކަރައަށް ނިސްބަތްވާ މުޙައްމަދް އިބްނު މޫސާ އަލް ޚަވާރިޒްމީ. އަލްޖިބްރާގެ ބައްޕަ.

ހިސާބު އަދަދުތައް އުފަން ކުރުވުމުގައި ޚަވާރިޒްމީ ބޭނުންކުރި އުސްލޫބަކީ ކަން ކަނުގެ އަދަށް އަދަދު ބައްޓަން ކުރެއްވުން. ކަން ކަނޭ މި ބުނި ބަހުގެ މުރާދަކީ އޭންގަލްސް އޭ އަހަރެމެން އިނގިރޭސިން މި ކިޔާ ކިޔުން. އެގޮތިން ޚަވާރިޒްމީގެ ހިސާބު އަދަދު ތަކުގައި މިގޮތަށް ދިމާވާނެ. އެކެއްގައި އޮންނާނީ އެންމެ ކަނެއް ނުވަތަ އޭންގަލް އެއް. ހަމަ އެގޮތަށް ހަތަރެއްގައި އޮންނާނީ ހަތަރު ކަން ނުވަތަ އޭންގަލް. މިއީ އުފެއްދުންތެރިކަމުގައި ތަފާތު މޮޅު އުފެއްދުންތެރި ކަމެއް. މިއީ އިލްމުގައި މުޅިން އެހެން ދަރަޖައެއް. އެހެންކަމުން އަހަރެމެން ލިޔެ މި އުޅޭ ހިސާބު އަދަދުގެ އަސްލާ ގުޅިފައިވަނީ އިސްލާމީ ބޮޑު އިލްމުވެރިއެއް.