ފިރިހެނުންގެ ގަމީހާއި އެކު ކަރުގައި އަޅާ ޓައި އަށް އެންމެ ކުރިން ކީ "ކްރަވާޓް"، އަދި އެންމެ ފުރަތަމަ މި ބޭނުން ކުރީ ކްރޮއޭޝިޔާގެ ސިފައިން. މިއީ ބައްޕައިންނަށް ޚާއްސަދުވަހު އެންމެ އާންމުކޮށް ދެވޭ ހަދިޔާ. އެމެރިކާގެ ރައްޔިތުން ކޮންމެ އަހަރަކު 100 މިލިއަން ޓައި ގަނޭ، އަދި މިކަމަށް 1 ބިލިއަން ޑޮލަރު ޚަރަދުކުރޭ. ސިލްކް ފޮތީގެ ފެންވަރު ރަގަޅު ޓައި އެއް ހަދަން 100 ސިލްކް ފަނި ބޭނުންވޭ. ޓައި އެޅޭނެ 177،147 ގޮތް އޮވޭ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ޓައި އުފައްދަނީ ޗައިނާގެ ޝެންޒޫގައި. ޓައި އެއް ކުރާ މީހުނަށް ކިޔާ ޚާއްސަ ނަމަކީ، "ގްބާޓަލޮޖިސްޓް". ރޮނގުދެމި ޓައިގެ ތެރެއިން އެމެރިކާ މީހުންގެ ޓައިގެ ކަނާތްފަރާތު މަތިން ދާނީ ވާތްފަރާތު ތިރިއަށް. އިނގިރޭސިންގެ ޓައި މީގެ އިދިކޮޅު. 17 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިންވަނީ ކަނޑިންވެސް ބުރިކޮށްނުލެވޭ ކަހަލަ ޓައި އެއް އުފައްދާފައި. ޓައިގެ ތެރޭގައި ވަޒަން ނާރާ ގޮތަށް ހެދިފައިވާ ޓައިވެސް ހުރޭ. ދުނިޔޭގެ އެންމެ އަގުބޮޑު ޓައި ފަރުމާ ކުރީ އިންޑިޔާގެ ޑިޒައިނަރ އެއްކަމަށްވާ ސަތުޔާ ޕޯލް. މި ޓައި ދައްކާލީ 2004 ގައި މުމްބައި ފެޝަން ވީކްގައި. މިޓައިގެ އަގަކީ 220،000 ޑޮލަރު. ޓައި ހެދިފައިވަނީ ހަމަ އެކަނި ސިލްކް ބޭނުންކޮށްގެން 261 ޖަވާހިރު ޖަހައިގެން.