ދުނިޔޭގެ ދެކޮޅުގައިވާ ދެ ޕޯލަކީ ފިނި ދެތަން. އެއީ ނޯތް ޕޯލާއި، ސައުތް ޕޯލް. ނޯތް ޕޯލުގައި އެއްވެސް ބިމެއް ނުވޭ. އެތަނުގައި ވަނީ ގަނޑުވެ އުފުލިފާ ގަނޑުފެނުގެ ބޯ ފަށަލައެއް. ނެޝަނަލް ޖޯގްރަފީގެ ދިރާސާވެރިން ބުނާގިތުގައި އެ ފަށަލައިގެ ބޯމިނުގައި އެވްރެޖުކޮށް ތިން މީޓަރު ހުރޭ. އަދި އެ ފަށަލަ ވަނީ ކަނޑުގެ އަޑިން ފަށައިގެން 4000 މޭޓަރު މަތީގަ. އާކްޓިކް ކަނޑުގައިވާ މި ނޯތް ޕޯލަކީ ދުނިޔޭގެ އެންމެ ފިނި ސަރަހައްދެއް ނޫން. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ފިނި ތަން. ދުނިޔޭގެ އެންމެ ފިނި ތަނަކީ އެންޓާޓިކާގައިވާ ސައުތް ޕޯލް. ނޯތް ޕޯލް އުފެދިފައިވާ ގޮތުންނާއި ޖޯގުރަފީގޮތުން ނޯތް ޕޯލް އިންނަ ތަނާއި، ދުނިޔެ އޭގެ ނާރެހުގައި ބުރުޖަހާ ގޮތުން، ނޯތް ޕޯލަށް އިރުއަރާ އޮއްސެނީ އަހަރަކު އެންމެ ފަހަރެއް. ކޮންމެ އަހަރެއްގެ އޮކްޓޯބަރުން އަނެއް އަހަރުގެ މާރިޗް މަހާއި ހަމައަށް ނޯތް ޕޯލު އޮންނާނީ އަނދިރިކޮށް. މާނައަކީ ރޭގަނޑު ވެފައޭ.

ނޯތް ޕޯލަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ނިސްބަތްވާ ތަނެއް ނޫން. 2008 ވަނަ އަހަރު އެމެރިކާގެ ޖިއޮލޮޖިސްޓުން ކުރި ދިރާސާތަކަކުން އެމީހުން ބުނާ އެއް ވާހަކައަކީ ދުނިޔޭގެ ގޭހުގެ ނިސްބަތުން 22 އިންސަތަ ގޭސް ނޯތް ޕޯލުގައި ވޭ. އަދި ނޯތް ޕޯލުގެ އަޑީގައި ކަނޑުގެ އިޑީގައި ތެޔޮ ވަޅު ވަޅު ވާނެ.

ފިނި ތަންތަނުގައި އުޅޭ އެއް ދޫންޏަކީ ޕެންގުއިން. ނަވެސް ނޯތް ޕޯލުގައި ޕެންގުއިން އެއް ނޫޅޭ. 

ސަމުގާގައި ހުންނަ ކަށި ހުއްޓޭ ދިމާލަކީ ނޯތް ޕޯލާއި ދިމާ. މިކަން ދިމައިވަނީ ދުނިޔޭގެ ގަދަތްފާނީ ބާރާއި ބިމަށްދަމާ ބާރާއި ނޯތް ޕޯލާއި އޮންނަ ގުޅުމަކުން. ނިޔަމިކަމުގައި ނޯތް ޕޯލް ފާހަގަ ކުރަނީ ތަރުތަކުގެ ނުޖޫއިލްމާއި މަސްހުނިވެގެން. އެގޮތިން ގަހާ ތަރި އޭ ކިޔާ ތަރި އަކީ ސީދާ ނޯތް ޕޯލާއި ދިމާލުގައިވާ ތަރިއެއް. އެ ތަރި ވަނީ ނޯތް ޕޯލުގެ މަތިން 434 ލައިޓް އިޔާސް މަތީގަ.