އިންސާނާގެ އެތެރެ ހަށީގައި ވަރަށް ބައިވަރު ގުނަންތައް ހުރޭ. މިއިން ކޮންމެ ގުނަވަނަކަށް ވަކި ހާއްސަ ސިފަތަކަކާއި މަސައްކަތްތަކެއް ވޭ. މިއިން ކޮންމެ ގުނަވަނެއް ވަނީ ވަކި ހާއްސަ ސިފައެއްގަ. ވަކި ހާއްސަ މިނެއްގަ. ވަކި ހާއްސަ ބަރުދަނެއްގަ. މި ބަރުދަން ނުވަތަ މިން ނުވަތަ މި ސިފަ އަށް ބަދަލެއް އައުމަކީ އެ ގުނަވަނެއް މަސައްކަތް ކުރުމަށް ލިބޭ އުނދަގުލެއް. އެހެން ކަމުން ކޮންމެ ގުނަވަނަކަށްވެސް ހާއްސަވެފައިވާ މި ސިފަތައް އެ ގުނަންތަކުގާ ހުރޭ.

އެގޮތުން ހަށިގަނޑުގައިވާ އެންމެ ބަރު ގުނަވަނަކީ ކޮބައިކަން ދެނަހުރީމުތަ؟ ހަށިގަނޑުގައިވާ އެންމެ ބަރު އަދި އެންމެ ބޮޑު ގުނަވަނަކީ ފުރަމޭ. އާންމު އާދައިގެ އިންސާނެއްގެ ފުރަމޭގެ ބަރުދަނުގައި ގާތްގަނޑަކަށް 1.36 އާއި 1.59 ކިލޯ ގުރާމު ހުރޭ. މިއީ ކޮންމެ އިންސާނެއްގެ ވެސް ބަރުދަނުގައި އެ އިންސާނެއްގެ ބަރުދަން، ފުރަމެއިން އިތުރުކޮށްދޭ މިންވަރު.

ހަށިގަނޑުގެ ދުޅަހެޔޮކަމާއި ގުޅިގެން ފުރަމޭގެ ބޮޑުމިނާއި ބަރުދަން ތަފާތުވެދާނެ. އެންމެ ބަރު ގުނަވަނުގެ ބަރުދަނުގައި އެވްރެޖުކޮށް އެ ވަރު ހުންނަ އިރު ހަށިގަނޑުގެ ޖުމުލަ ބަރުމިން އެހެން ހުރިހާ ގުނަންތަކަކަށް ބެހިގެން ދޭ. ހަށިގަނޑުގެ މަސްތަކުގެ ޖުމުލަ ބަރުދަން ފުރަމޭގެ ބަރުދަނަށް ވުރެ ބަރުވިޔަސް، މަސްތަކަކީ ވަކި ވަކި ބައިބަޔަށް ހަށިގަނޑުގައި ހުންނަ ހުނަން ތަކެއް. ފުރަމޭ އަކީ އެކީ އެކަށް، އެއްކޮށް އިންނަ އެއް ގުނަވަނެއް.