އިޓަލީމީހުންގެ ޚާއްސަ ކެއުން ކަމަށްވާ ޕާސްތާ އެކި ބައްޓަމަށް ކަފާހަދަނީ މެޝިން ބޭނުންކޮށްގެން. އޭގެ ކުރިން ޕާސްތާ ފުށްގަނޑު މޮޑެ އެ ފަތުރަނީ ފައިން. ޕާސްތާގެ ތެރެއިން އެންމެ މީރު އަދި އެންމެ ގިނަ އިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހްސާސް ކޮށްދޭ ޕާސްތާއަކީ އަލް ޑެންޓޭ ޕާސްތާ. ޕާސްތާގެ ގާތް ގަނޑަކަށް 350 ބައްޓަން ހުރޭ. އެވްރެޖްކޮށް އިޓަލީ މީހުން އަހަރަކު 60 ޕައުންޑް ޕާސްތާ ކައި. ޕާސްތާ ޕޯޝަނެއްގައި ހުންނަނީ 100 ގްރާމް. ކުރިން ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ޕާސްތާއަކީ ގަހެއްގައި އަޅާ އެއްޗެއް. 25 އޮކްޓޯބަރ އަކީ ދުނިޔޭގެ ޕާސްތާ ދުވަސް. ހިކިކޮށް ހުންނަ ޕާސްތާ ހަދަން އާންމުކޮށް ބޭނުން ކުރަނީ އެންމެ ދެ އިންގްރީޑިއަންޓް. އިޓަލީގައި އަހަރަކު 1.7-3.3 މިލިއަން ޓަނުގެ ޕާސްތާ ތައްޔާރު ކުރޭ. އިޓަލީގައި އެންމެ މަޝްހޫރު ޕާސްތާ ބްރޭންޑަކީ ބަރިއްލާ. ޕާސްތާގެ ތެރެއިން އެންމެ މަޝްހޫރު 3 ވައްތަރަކީ ސްޕެގެޓީ، މެކްރޯނީ އަދި ޕީނެ.