ކުދި ފައިދިގު މަކުނުން ފެށިގެން ވުޖޫދުގެ ބައެއް އެއްޗެއްސަކީ އަހަރެމެން ބިރުގަންނަ އެއްޗިއްސެވެ. ނަމަވެސް ގޭގައި ޕެޓްގެ ގޮތިގައި ގެންގުޅޭ ޖަނަވާރުތަކަށް ގޭގައި ބޭނުންކުރާ ކާބޯތަކެތި ނުވަތަ އެހެނިހެން ބައެއްތަކެތި ބީރައްޓެހި އެއްޗަކަށް ވެދާނެ އެވެ.

ވައިރަލް ވީޑިއޯތަކާއި ފޮޓޯ ސޯޝަލް މީޑިއާ ގައި ދައުރުވެފައިވާއިރު، ކިއުކަމްބާ ފެނުމުން ގޭގައި ގެންގުޅޭ ބުޅާ ބިރުން ފުންމާލާއިރު، އެއީ ކީއްވެގެން ކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަހަލަ އެވެ.

ބުޅަލަކީ ވަށައިގެންވާ މާހައުލަށް ވަރަށް ނާޒުކު، ކަންފަތާއި ނޭފަތް ވަރަށްބޮޑަށް ޓިއުންކޮށްފައިވާ ޖަނަވާރެކެވެ. އެހެންކަމުން ކުއްލިއަކަށް އެއްޗެއް ފެނުމުން އެމީހުން ފުންމާލާނެއެވެ.

ސަމާލުކަން ނުދީ އޮއްވާ ސިއްރުން ކިއުކަމްބާއެއް ފަހަތުގައި ބާއްވާއިރު އެ ކިއުކަމްބާ ފެނި ބުޅަ ހައިރާންވެއެވެ.

ބިރުން ސިއްސައިގެންދާ ރިއެކްޝަން ބުޅަލަށް އަންނަނީ ކިއުކަމްބާ އަކީ ހަރުފަ އަކާ ވައްތަރުގޮތް ހުންނަ އެއްޗަކަށް ވުމުންނެވެ.

ބުޅާ ފަދަ ޕްރައިމަލް އިންސްޓިންކްޓް ހުންނަ ޖަނަވާރުތަކަށް ހަރުފައަކީ ނުރައްކާތެރި އެއްޗެއް ކަން އެނގޭއިރު ހަރުފަޔާ ކިރިޔާވެސް އެއްގޮތް ކަމެއް ހުންނަ އެއްޗެއް ކުއްލި އަކަށް ފެނުމުން ބުޅާ ބިރުން ސިހެނީއެވެ.

ކިއުކަންބާ ގެ އިތުރުން ދޮންކެޔޮ ފެނުމުންވެސް ބުޅާ ސިހޭ ގޮތްވެއެވެ.

މީގެއިތުރުން ދޮންކެޔޮ ދޮން ވަމުން އަންނައިރު އޭގައި އެކުލެވޭ އީތޭން ގޭހުގެ ވަހުގެ ސަބަބުން ވެސް ބުޅާ ވަހަށް ނާޒުކު ކަމުން ދޮންކެޔޮ ފެނި ސިހެއެވެ.