އޮސްޓްރޭލިޔާގެ ހޫޝްވާބް ފަރުބަދަތައް ކައިރީގައިވާ ގްރީން ލޭކް ޕާކް އަކީ ދުވާ މީހުނާއި ހައިކް ކުރާ މީހުންގެ މެދުގައިވެސް މަޤްބޫލު ޕާކެއް. ޕާކްގައި މީހުން އިށީނުމަށް ބެންޗްތަކާއި، ހިނގާ އުޅުމަށް ކުދިން ފާލަން ބުރިތައް ހެދިފައިވޭ. ހޫނު މޫސުމުގައި އާއިލާތަކުން މިތަނުގައި ޕިކްނިކް ހެދުމަށް ގޮސް އުޅޭ. ފިނި މޫސުން އައުމުން ވަށައިގެންވާ ފަރުބަދަތައް ސްނޯ އިން ފުރޭ. އަދި ބަހާރު މޫސުމް އައިސް ސްނޯތައް ވިރިގެން، މިތަނުގައި އޮންނަ ކުޅި ދެ ގުނައަށް ބޮޑުވެ، އޭގެ ފެނުން މި ޕާކްގެ ވާދީތައް ފުރޭ. އަދި ޕާކް ފެނުގެ އަޑިއަށް ދޭ. ކުރިން 150 މީޓަރު ފުޅާމިނުގައި އޮންނަ ކުޅި 250 މީޓަރަށް ފެތުރޭ، އަދި ކުރިން 1 މީޓަރުގެ ފުންމިން ހުންނަ ކުޅީގެ ފުންމިން 12 މީޓަރަށް ބަދަލުވޭ. އެހެން މޫސުމުގައި ޕާކަށް ގޮސް ދުވެ ހެދި ނަމަވެސް ބަހާރު މޫސުމުގައި މި ވާދީތަށް ބަލަން ބޭނުން ނަމަ އެކަން ކުރެވޭނީ ޑައިވް ގިއަރ އަޅައިގެން. އޭރުން ޕާކްގެ ގޮނޑިތަކާއި ފާލަންތައް ވަރަށް ސާފުކޮށް ފެންނާނެ. އަދި އާންމުކޮށް ފެނުން މަތީގައި ހެދޭ ގަހެއް ކަމަށްވާ އަލްޕައިން މާ ވެސް ފެނު އަޑީގައި ފޮޅޭ. ބާހަރު މޫސުން ނިމި ހޫނު މޫސުން އައުމުން މި ފެންގަނޑު ހިނދި އަނެއްކާވެސް ޕާކް ރީތިކޮށް ފެނޭ. މިތަނަށް ފީނުމުގެ ހުއްދަ ދެވެނީ ސެޓްފިކެޓް އޮންނަ ޑައިވަރުންނަށް. މިތަނުގެ ފެނުއަޑީގެ ފޮޓޯ ނެގުމާއި ދިރާސާކުރަން ބޭނުންވާ މީހުންވެސް ކުރިން އެކަމަށް އެދި ރަޖިސްޓްރީ ވާން ޖެހޭ.