އަހަރެމެން އެންމެންވެސް އަޑުއަހާފައި އޮތީ ޖަޕާނުގެ މީހުން ކްރަންޗީ ތެލުލި ކުރެފި ކެއުމަށް ލޯބިކުރާ ވާހަކަ، އެކަމަކު ދުވަހަކުވެސް މީހަކު ކުރަތްޕެއް ދެކެ ލޯބިވީ ވާހަކަ އަޑުއަހާފައިވޭތޯ؟

ޖަޕާން އަށް އުފަން ޔޫމާ ހާމަކުރިގޮތުގައި އޭނައާއި ކުރަތްޕާ ދޭތެރޭގައި އޮތީ ހަޤީޤީ ލޯތްބެކެވެ.ޔޫމާ އަކީ އެންޓޮމޯފޭޖިސްޓެއް ކަމުގައި ވާއިރު، އޭނާ ވަކާލާތުކޮށް ޢަމަލުކުރަނީ މަހުގެ ގޮތުގައި ސޫފި ކެއުމަށްށެވެ.

މެޓްރޯ އިން ބުނެފައިވާ ގޮތުގައި ޔޫމާ އޭޝިއާގެ ޔޫޓިއުބް ޗެނަލް އޭޝިއަން ބޮސް އަށް މައުލޫމާތު ދިން ގޮތުގައި އޭނާ އެފްރިކާއިން ލީސާ ކިޔާ ކުރަތްޕެއް ގަތެވެ.

އޭނާ ބުނިގޮތުގައި އެއީ ފުރަތަމަ ނަޒަރުން ވެސް ލޯތްބެވެ. ޔޫމާ ބުނީ އެހެން އިންސާނީ އަންހެންކުއްޖަކަށްވުރެ ލީޒާ މާރަނގަޅު ކަމަށެވެ.

ނަމަވެސް އަހަރެއް ފަހުން ލީސާ މަރުވުމުން އެކަމުގެ ފުން ހިތާމަ، ޔޫމާ އުފުލިއެވެ.

"އެކަމަނާ ދުނިޔެ ދޫކޮށް ދިޔަ ދުވަހަކީ އުނދަގޫ ދުވަހަކަށް ވިޔަސް، އެއީ ކުރު އުމުރެއްގެ ކޮކްރޯޗަކަށް ވާތީ އެއީ އަންނާނެ ދުވަހެއް ކަން އަހަންނަށް އެނގުނު”ޔޫމާ ބުންޔެވެ.

ލީސާ ކުރަފި މަރުވުމުން ޔުމާ ނިންމީ އޭނާ ކާށެވެ. އޭނާ ބުނާ ގޮތުގައި އެއީ އޭނާ އަބަދަށްޓަކައި އޭނާގެ މީހެއްގެ ގޮތުގައި ހަދަން އޮތް ހަމައެކަނި ގޮތެވެ.