އެއް ދަރިވަރަކު އަދި އެ ދަރިވަރަކަށް އެންމެ ޓީޗަރަކު ހުންނަސްކޫލެއްގެ ވާހަކަ ދުވަހަކުވެސް އަޑުއަހާފައިވޭތޯ؟

އިންޑިއާގެ މަހާރާޝްތުރާގެ ވާޝިމް ޑިސްޓްރިކްޓްގެ ގަނޭޝްޕޫރު އަވަށުގައި މިފަދަ އެއް ސްކޫލެއް ހުރެ އެވެ.

ވާޝިމް ޑިސްޓްރިކްޓްގެ އެންމެ ކުޑަ ރަށަކީ ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ ގަނޭޝްޕޫރު ކަމަށްވާއިރު، އެ ރަށުގައި ޒިލާ ޕެރިޝާޑް ޕްރައިމަރީ ސްކޫލެއް ހުރެ އެވެ.

އެ ސްކޫލުގައި ކްލާސް 1 އިން 4 އަށް ހިންގުމުގެ ހުއްދަ ދީފައިވީނަމަވެސް ސްކޫލުގައި އެންމެ ދަރިވަރެއް ހުންނަނީ އެ ރަށުގައި މި އުމުރުފުރާއަށް ފެތޭ ހަމައެކަނި ކުއްޖާ އަކީ އެއީ ކަމަށް ވާތީއެވެ.