އިންޑިއާ ކަނޑުގެ ސީޝެލްސްގެ ރީތި ޖަޒީރާތަކުގައި ލެޖެންޑަރީ ޕާމެއް ނުވަތަ ރުކެއް ހެދެއެވެ. މި ރުކުގެ ޑަބަލް ކާށި ނުވަތަ ކޮކޯ-ޑީ-މަރ ގެ ނަމުން ވެސް މަޝްހޫރު ލޮޑޮއިސިއާ މަލްޑިވިކާ އަކީ ދުނިޔޭގެ އެންމެ ބޮޑު އަދި ބަރު އޮށުގެ ލަޤަބު ލިބިފައިވާ އެއްޗެކެވެ.

ފާހަގަކޮށްލެވޭ ބައްޓަމެއްގައި ވާ އަދި ބަރުދަނުގައި 25 ކިލޯ ހުންނަ، ދިގުމިނުގައި ބައި މީޓަރު ހުންނަ މި ރީތި އޮށްތަކަކީ ސައިންސްވެރިންނާއި ފަތުރުވެރިންވެސް ޝައުގުވެރިވާ އެއްޗަކަށްވަނީ ވެފައެވެ.

 

ބުނެވޭ ގޮތުގައި ކޮކޯ-ޑީ-މަރގައި ބޭސްވެރިކަމުގެ ސިފަތައް އެކުލެވިގެންވެ އެވެ. މި “ޝިފާ ދިނުމުގެ ބާރުތައް” ސައިންސްގެ އަލީގައޮ ސާބިތު ވެފައި ނުވި ނަމަވެސް، މީގެ ތަފާތު ބައްޓަމާއި ސައިޒުގެ ސަބަބުން އަދި ދުނިޔޭގައި މިއީ މަދު އެއްޗަކަށް ވެފައިވާތީވެ ކޮކޯ-ޑީ-މަރ އަކީ ވަރަށް އަގުބޮޑު އެއްޗަކަށް ވަނީ ވެފައެވެ. އެންމެ ކޮކޯ-ޑީ-މަރއެއް ގެ އަގޮ 500 ޕައުންޑުން ފެށިގެން ގޮސް 2،000 ޕައުންޑާ ދޭތެރޭގެ އަގަކަށް ވިކެއެވެ.

 

މިއީ ދުނިޔޭގަ ވަކި ސަރަހައްދެއްގައި އެކަނި ހުންނަ އެއްޗަކަށް ވެފައި، މިއަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން މިހާރު މިއީ ނެތިގޮސްދާނެކަމުގެ ބިރުހީވެފައިވާ ގަސްތަކުގެ ތެރެއިން ގަހެކެވެ. މިހާރު ހަމައެކަނި ޕްރަސްލިން އާއި ކިއުރިއުސް ކިޔާ ދެ ޖަޒީރާއެއްގެ ޖަންގަލި ތެރޭ ލޮޑޮއިސިއާ މަލްޑިވިކާ ރުއްތަކުގެ ހުރީ އެންމެ 8،000 އެއްހާ ރުކެވެ.  އެހެންކަމުން މިއީ މިހާރު ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެހީގެ ލިސްޓުގައި ހިމެނޭ ރުކެކެވެ. މި ބާވަތުގެ ރުއްތައް ނެތިދާނެކަމުގެ ބިރު އޮތުމާއެކު، ޖަންގަލިތަކުގެ ތެރޭގައާއި އަދި ދުނިޔޭގެ ބޮޑެތި ބޮޓޭނިކަލް ގާޑަންތަކުގައި މީގެ ރުއްތައް އިންދާ، ފަރުވާތެރިކަމާއެކު ބަލަހައްޓާ، މީހުންނަށް އެކްސެސް ނުވެވޭހެން ވަށައިގެން ކޮށިޖަހާ ތަޅުލާފައިވެސް ބަހައްޓައެވެ.

 

މި ރުކުގެ އޮށް، ކޮކޯ-ޑީ-މަރ ދިރާސާކުރުމަކީ ގަސްގަހާގެހިން ބޮޑެތި އޮށްތައް އުފެއްދުމަށް މެދުވެރިވާ އީވޮލޫޝަނަރީ ބާރުތައް ދެނެގަތުމަށް އެހީއަކަށް ވަނެ ކަމެއްކަމުގައި ސައިންސްވެރިން ޤަބޫލް ކުރެއެވެ. ކިއުގައި ސައިންސްވެރިން މަސައްކަތް ކުރަމުން ދަނީ ލޮޑޮއިސިއާ އާއި އެއާ ގުޅުންހުރި ގަސްތަކުގެ ތެރޭގައި ބޮޑެތި އޮށްތަކުގެ އީވޮލޫޝަން ޓްރިގަރ ވެދާނެ ކަންކަމާއި، ކޮކޯ-ޑީ-މަރ އޮށް އިންތިހާއަށް ސައިޒުންބޮޑުވާން މެދުވެރިވެދާނެ ސަބަބުތައް ދެނެގަތުމަށެވެ. އެކަން ކުރުމަށްޓަކައި ޑީއެންއޭ އާއި އޮށުގެ ސައިޒާއި މި ޕާމްތަކުގެ ބައްޓަމާއި އޮނިގަނޑާއި އިކޯލޮޖީއާ ބެހޭ އެހެން މައުލޫމާތުތައް އެއްކޮށް ތަހުލީލު ކުރިއެވެ. ކިއުގެ ދިރާސާއިން އެނގޭ ގޮތުގައި، ޑަބަލް ކާށި ވުޖޫދުވުމަށް، ވަކި ތަރުތީބެއްގައި، ބައެއް ޝަރުތުތައް ފުރިހަމަ ވެފަ މިއޮށުގައި ހުންނަންޖެހެއެވެ.

 

އެންމެ ފުރަތަމަ ފުރިހަމަ ކުރެވުނު ޝަރުތަކީ ޖުމްލަ އޮނިގަނޑެވެ. ޖިސްމާނީ ގޮތުން ބޮޑެތި އޮށްތައް އުފެދުމަށް ފުރުޞަތު ދިނުމަށްޓަކައި ގަސްގަހާގެހި ބޮޑެތި ވާން ޖެހެނީ މަދު ގޮފިތަކެއް ހުންނަ މާތަކެއް (މާ ދަނޑި) ތަކަކާއެކުގައެވެ. ދެވަނަ ޝަރުތަކީ ހިޔާބޮޑު މާހައުލަކާއި ބޮޑެތި އޮށްތައް ފަތުރާނެ ޖަނަވާރުތައް އެ ސަރަޙައްދުގައި ހުރުމެވެ. މާނައަކީ ގަސްގަހާގެހި ތަކުގައި ބޮޑެތި އޮށްތައް ހުރުމަކީ ފައިދާހުރި ކަމެއް ކަމުގައި ވީއިރު، ގަސްގަހާގެހި ބޮޑުވުން ދެމެހެއްޓުމަށް ވަސީލަތްތައް ހުރުމުން އަދި/ނުވަތަ ގަސްގަހާގެހީގެ މޭވާ/އޮށް ދުރު ސަރަހައްދުތަކަށް ގެންގޮސް ފަތުރާލެވޭ ވަރަށް ބޮޑެތި ޖަނަވާރުތައް ހުރުމެވެ.

 

ތިންވަނަ ކަމަކީ، އޭގެ ފަހުން ޑިސްޕަރސަލް އޭޖެންޓެއް ނެތުމެވެ. ޑިސްޕަރސަރސް ނެތި، 'މަންމަ ގަހުގެ' ދަށުގައި ހެދޭ ގަސްތަކުގެ ވާދަވެރިކަން ކުޑަކުރުމަށްޓަކައި ގަހުގެ މޭވާގެ އޮށް މަދުވުމަކީ ފައިދާހުރި ކަމެކެވެ. އަދި އޮށް އުފެދޭލެއް މަދުނަމަ، އޮށް ސައިޒުން ބޮޑެތިވުމަށް ފުރުސަތު ލިބެއެވެ. ސައިންސްވެރިންނަށް ނޭނގޭ ކަމަކީ ލޮޑޮއިސިއާ ކުރިއަށް އޮތްތަނުގައިވެސް މިއަށްވުރެ ބޮޑެތި ވެދާނެތޯ ނުވަތަ ނޫންތޯއެވެ.