ގުދުރަަތީ ކަޅުކުލައިގެ ފިނިފެންމަލަކީހުންނައެއްޗެއް. މިބާވަތުގެ ފިނިފެންމަލަކީ ވަރަށް މަދުން ފެންނަ ބާވަތެއް. ނެދަރލެންޑް ފަދަ މާ ހެއްދުމަށް މަޝްހޫރު ގައުމުތަކުގައިވެސް ކަޅު ފިނިފެންމާ ހައްދާ. އެއީ ގަހުގެ ޖީންއަށް ބަދަލު ގެނެސްގެން. ނަމަވެސް މިގޮތަށް ޖީން އަށް އެއްވެސް ބަދަލެއް ނުގެނެސް ކަޅު ފިނިފެންމާ ހައްދާ ހަމަ އެކަނި ގައުމަކީ ތުރުކީ. އެގައުމުގެ ހަލްފެޓީއަކީ މިކަމަށް ޚައްސަ އަވަށެއް. މިއަވަށުގައި ހައްދާ މަލުގެ ކަޅުކުލަ އެންމެ ރީތިކޮށް ހުންނާނީ މާރޗް މަހާއި އޭޕްރިލް މަހު އަދި އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު. އެހެން މޫސުމުގައި މަލުގެ ފިޔަތަކުގެ ކުލައަށް ބަދަލު އާދޭ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން