ހުވަފެނަކީ އެއާ ބެހޭގޮތުން އެންމެ ގިނަ ދިރާސާކުރެވި ނަމަވެސް ނޭނގޭ ކަންކަން އެންމެ ގިނަ މާއްދާ. މިހާރު ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުން 12 އިންސައްތަ މީހުނަށް ހުވަފެން ފެންނަނީ ކަޅާއި ހުދުން. ލޯ އަނދިމީހުނަށްވެސް ހުވަފެނުގައި ކަންކަން ސިފަވޭ. ހުވަފެނުގައި ފެންނަ މޫނު ތަކަކީ ކުރިން ފޮޓޯއަކުން ނަމަވެސް ފެނި ސިކުނޑީގައި ރައްކާކުރެވިފައިވާ މޫނުތައް. އެންމެ ސާފުކޮށް ހުވަފެން ފެންނަ ޙާލަތަކީ ނިދީގެ އެއް ސްޓޭޖް ކަމަށްވާ ރެޕިޑް އައި މޫވްމަންޓް. މިހާލަތުގައި ނިދީގައި އޮންނަ މީހާ އޮންނާނީ ޕެރެލައިޒްވެފައި. މި ޙާލަތުގައި 90-120 މިނިޓަށް އަށް އޮވެދާނެ. އެހެންކަމުން އެވްރެޖްކޮށް މީހަކު އޭނާގެ އުމުރުގެ 6 އަހަރު ހޭދަކުރަނީ ހުވަފެން ބެލުމުގައި. ކޮންމެ ރެއަކު އެވްރެޖްކޮށް 8-7 ހުވަފެން މީހަކަށް ފެންނާނެ. އަންހެނުންނާއި ފިރިހެނުންނަށް ހުވަފެން ފެންނަގޮތް ތަފާތު. ޖަނަވާރުންނަށް ވެސް ހުވަފެން ފެންނާނެ ކަމަށް ބެލެވޭ. ގިނަ މީހުނަށް ފެންނަ ހުވަފެނުގެ 50 އިންސައްތަ، ހޭލެވޭތާ 5 މިނިޓް ތެރޭގައި ހަނދާންނެތޭ.