އައިސްލޭންޑަކީ ރާއްޖެއާ އެއްވަރުގެ އާބާދީ އެއް އޮންނަ ކުޑަ ގައުމެއް. މި ގައުގެ އާބާދީގެ 60 އިންސައްތަ މީހުން ދިރިއުޅެނީ ވެރިރަށް ރޭޖަވިކް ގައި. މިއީ އެންމެ ފަހުން އިންސާނުން ވަޒަންވެރިވި ބިން. މީގެ 1،100 އަހަރު ކުރިން ނޯރވޭގެ ވައިކިންގްސް އަށް އައިސްލޭންޑް ފެނުނީ އެކްސިޑެންޓަކުން. އެގައުމުގައިވާ އަލިފާން ފަރުބަދަ ތަކުގެ ސަބަބުން ގުދުރަތީގޮތުން ހޫނުވެފައިވަ ފެންގަނޑުތަކުގައި ފެންވެރުމަކީ މި ގައުމުގެ މީހުން އާންމުކޮށް ކުރާ ކަމެއް. އަދި މި ގައުމަށް ޒިޔާރަތް ކުރާ މީހުންވެސް މިކަން ތަޖުރިބާ ކުރޭ. އައިސްލެންޑަކީ ތިމާވެއްޓާއި ރައްޓެހި އުސޫލުތައް ގެންގުޅުމުގެ ސަބަބުން މަޝްހޫރުވެފައިވާ ގައުމެއް. މި ގައުމުގައި ބޭނުން ކުރެވޭ ހުރިހާ ކަރަންޓެއްހެން އުފެއްދެނީ އިޔާދަ ކުރަނިވި ހަކަތައިން. މިގައުމުން ވަނީ 2040 ވަނަ އަހަރު ކާބަން ނިއުޓްރަލް ވުމަށް އަމާޒު ހިފާފައި. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ހަފްތާއަކު އެންމެ ގިނަ ވަގުތު މަސައްކަތް ކުރަންޖެހެނީ އައިސްލެންޑްގައި. އެއީ ހަފްތާއަކު 45 ގަޑިއިރު. 1989 ވަނަ އަހަރުން ފެށިގެން އައިސްލެންޑުންވަނީ ބިއަރު ބުއިމާއި ވިއްކުން މަނާކޮށްފައި. މިކަން ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެ މާރޗް މަހުގެ 1 ވަނަ ދުވަހަކީ ބިޔަރު ދުވަހުގެ ގޮތުގައި ފާހަގަ ކުރޭ. މި ގައުމުގެ 11 އިންސައްތަ ފޮރުވިފައިވަނީ ގްލޭޝިއަރ އިން. އައިސްލެންޑަކީ ލިޔަންކިޔަން ދަންނަމީހުން ގިނަ، ފޮތް ކިޔުމަށް ޝައުގުވެރިވާ ރައްޔިތަކު ދިރިއުޅޭ ގައުމެއް. މިގައުމުގެ ކޮންމެ 10 މީހަކުން އެކަކު ފޮތެއް ޝާއިޢުކޮށްފައިވޭ. މި ގައުމުގެ ދިދައިގައި ހިމެނޭ ނޫކުލާ ރަމްޒުކޮށްދެނީ ވަށައިގެންވާ ކަނޑު، ރަތްކުލަ ރަމްޒުކޮށްދެނީ އެގައުމުގައިވާ އަލިފާން ފަރުބަދަތައް އަދި ހުދު ކުލަ ރަމްޒުކޮށްދެނީ ބޮޑު ސަރަހައްދެއްގައިވާ ސްނޯ. މަރޗް މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު އައިސްލެންޑަށް ނޮދަރން ލައިޓް ފެންނާނެ. މި ގައުމުގެ ގައުމީ ކުޅިވަރަކީ ހޭންޑްބޯލް.