މިއަދު އިންސްޓާގްރާމް ހާވާލަނިކޮށް ވަރަށް ތަފާތު މަންޒަރެއް ފެނިގެން އެ ޕްރޮފައިލް ކުޑަކޮށް ބާލާލި އިރު ފެނުނީ އާންމުކޮށް ނުފެންނަ މަންޒަރެކެވެ. ކެއްކުމަކީ ވަކި އުމެރެއް ނުވަތަ ޖިންސަކަށް ހާއްސަ ކަމެއް ނޫނޭ ބުނާ ވާހަކަ މިއަދު އަޅުގަނޑަށް ގަބޫލުކުރެވުނެވެ.
ބެސްޓް ޝެފް މީ ނަމަކަށް ކިޔާ އައިޑީ ފުރިފައިވަނީ ވަނީ 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ މޮޅު ކެއްކުމުގެ ވީޑިއޯތަކުންނެވެ. އުޒްބަކިސްތާނަށް ނިސްބަތް ވާ ކަމޯލިއްދިން ނަމަކަށް ކިޔާ މި ކުއްޖާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ ކައްކަން ފެށީ އުމުރުން 3 ވަރަކަށް އަހަރުގައި ކަމަށާއި އޭނާ އަށް އެންމެ ބޮޑު ހިތްވަރަކަށް ވެގެންގޮސްފައި ވަނީ އޭނާގެ މަންމަކަމަށެވެ. އޭނާ ބުނިގޮތުގައި އޭނާ އެކަން އަދި ކުރަމުންދަނީ ހޮބީއެއް ގޮތުގައި ކަމަށާއި އަދި ކެރިއަރެއް ގޮތުގައި ކެއްކުމާއިގެން ކުރިޔަށް ދާން ނިންމާފައިނުވާކަމަށެވެ. އޭނާ ބުނިގޮތުގައި އޭނާގެ އިންސްޓާގްރާމް ޕޭޖް މެނޭޖް ކުރަނީ އޭނާގެ މަންމައެވެ. ސަބަބަކީ އޭނާ ކިޔަވަމުން ދާތީ މާގިނަ ވަގުތު މިކަމަށް ދެވެން ނެތީމައެވެ. އޭނާ އެންމެ ފުރަތަމަ ހެދީ ސޭންޑް ވިޗެއް ކަމަށާއި އެ ސޭންޑް ވިޗް އޭނާގެ އާއިލާ އެންމެނަށް ވެސް ވަރަށް ކަމުދިޔަކަމަށް ކަމޯލިއްދިން ބުންޏެވެ.
793ހާސް ފޮލޯވާރސް ލިބިފައިވާ ކަމޯލިއްދީން އިތުރަށް ބުނިގޮތުގައި އޭނާ މިހާރުވެސް ކައްކާ ފޮތުގެ މަސައްކަތް ކުރަމުންދާކަމަށާއި ވަރަށް އަވަހަށް މި ފޮތް ނެރޭނެ ކަމަށެވެ. އޭނާ އަށް ފޭނަކު ކުރި ސުވާލެއްގެ ޖަވާބު ދެމުން އޭނާއަށް ކެއްކުމުގެ އެންމެ އުފާވަނީ އޭނާ ކައްކާ އެއްޗެހި މީހުނަށް މީރު ވެގެން އެ އެއްޗަކަށް ތައުރީފު ކުރުމުން ކަމަށް ބުނެފައިވެއެވެ. އޭނާ އާއި އެކު އޭނާގެ ކޮއްކޮވެސް ވީޑިޔޯތަކުން ފެނިގެންދެއެވެ. އޭނާގެ ކޮއްކޮގެ އުމުރުން 7 އަހަރެވެ. އޭނާ ބުނިގޮތުގައި އޭނާ އެންމެ ކިޔަވާ ހިތްވަނީ ހިސާބެވެ. ކަމޯލިއްދީން ދިރިއުޅުމުން ދަނީ އިނގިރޭސި ވިލާތުގައެވެ. އޭނާ ބުނީ އޭނާ މުސްތަގުބަލުގައި ކެފެޓީރިޔާ އެއް ހުޅުވާނެކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުން ވާކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާ ކައްކާ އެއްޗެހި ކައްކަން ދަސްކުރަނީ ކައްކާ ފޮތްތަކާއި އިންޓަނެޓުން ކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން