ބޮން އެޅުމުގެ ސަބަބުން ބޮޑެތި އެތައް ގެއްލުން ތަކެއް ލިބޭ. ބޮމެއް އެޅުމުން ނުވަތަ ބޮމެއް ގޮވުމުން ކަންހިނގާ ގޮތަކީ ކޮބާކަން ދެނަހުރީމުތަ؟

އިސްރާއީލުގެ ޒައިނިސްޓް ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި އެ ބިމަށް އެތައް ބޮމެއް އަޅަމުން ގޮއްވަމުން އެބަދޭ. އެ ބޮންތަކުގެ ސަބަބުން ބޮޑެތި އެތައް ގެއްލުން ތަކެއް ދަނީ ލިބެމުން، އިންސާނުން ކުދި ކުދިވެ، ޗިސްޗިސްވެގެން އެބަދޭ. މިފުރުސަތުގައި އިސްރާއީލުގެ އެ ލާއިންސާނީ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެބައިމީހުން ބަލިކުރައްވާ މުސްލިމު އަޙުންނަށް ނަޞްރު ދެއްވުން އެދި ދުޢާ ކުރަން!

ބޮމެއް ގޮވާއިރު އެ ގޮވާ ބާރުގަދަ ގޮވުމުގެ ސަބަބުން އެ ބޮމުގެ ވަށައިގެންވާ ހިސާބުތަކުގައި ހުންނަ ވައިގެ މޮލިކިއުލްތައް އެއްވެ ޖަމާވެ އެކަތަ ވޭ! މިއާއި އެކު އެ ވައިތަކުގެ ރާޅުތަކެއްގެ ސިފައިގާ އުފެދެނީ ޝޮކުގެ ރާޅުތަކެއް! ބޮމުގެ ކުޑަބޮޑުމިނަށް ނުވަތަ ބާރުގަދަ މިނަށް ބަލާ ވައިގެ މި ޝޮކުގެ ރާޅުތައް ދަތުރުކުރާ ދުރުމިން ތަފާތުވޭ! 

ބޮން ތައްޔާރު ކޮށްފައި ހުންނަނީ ކޮންމެވެސް ގޮތަކަށް އޭތި ބަންދު ކުރެވިގެން. މިގޮތަށް ބަންދުކުރެވެނީ ގިނަ ފަހަރަށް ދަގަނޑުގެ ބާވަތެއްގަ. އެހެންކަމުން ބޮން ގޮވާއިރު މި ބައި ހަލާކުވެ ކުދި ކުދި ތޫނު އެތިއެތި ކޮޅުތަކެއްގެ ސިފައިގާ ވައިގެ ރާޅުތަކާ އެކު ބާރު ސްޕީޑުގައި ދަތުރުކުރާނެ.

ގޮވާ ގޮވުމުގެ ސަބަބުން ގަދަ ހޫނެއް އުފެދޭ. މި ހޫނުގެ ސަބަބުން ދައުރުވާ ވައިގެ ރާޅުތަކުގައި އަލިފާން ހިފަން މެދުވެރިވޭ. އެހެނީ އިސްވެ ބުނި ފަދައިން ވައިގެ މޮލިކިއުލްތައް އެކަތަވެފައި ހުންނާތީ.

މިގޮތަށް ވައިގެ ރާޅުތަކާއެކު ދައުރުވާ ހޫނާ އެކު އުފެދޭ އަލިފާންގަނޑު ބޮޑު ގޮވުމެއްގެ ގޮތުގައި ފެނިގެންދާނެ.

ބޮމުގެ ހާއްސަ އަނެއް ސިފަ އަކީ، އެ ގޮވާ ގޮވުމުގައި ފުރަތަމަ ގޮވުމާއި ދުރަށް ވައިގެ މި ރާޅުތައް ދަތުރު ކުރަމަށްފަހު ގޮވުމާ ދިމާލަށް އެނބުރި މި ރާޅުތައް އަންނާނެ. މިގޮތަށް އައުމަށް ފަހު އެނބުރި އަނެއްކާ އެ ރާޅުތައް ދުރަށް ދާނެ. މި ރާޅުތަކާއެކު، އުފެދޭ ޝޮކުގެ ސަބަބުން ހަލާކުވާ ތަންތަނާ އުފެދޭ ކުނިބުނިތަކާ އެކި އެކި ތޫނު އެތި އެތިކޮޅުތައް ދަތުރުކުރާނެ. އަދި ވައިގެ މި ޝޮކު ރާޅުތައް އިންސާނެއްގެ ހަށިގަނޑުގައި ޖެހިއްޖެ ނަމަ އިންސާނާގެ ހަށިގަނޑު ރޫޅި ހަލާކުވެ ކުދިކުދި ވޭ.

 

ހަވާލާ: އަލްޖަޒީރާ