މެކް ޑޮނަލްޑްސް އަކީ އާރަހަތައް ކަސްޓަމަރުންނަށް ގެނެސްދޭ ފާސްޓްފުޑް ޗެއިން އެއް. ނަމަވެސް 2014 ވަނައަހަރު އެމީހުން ތައްޔާރު ކުރި " ބަބުލްގަމް ފްލޭވަރޑް ބްރޮކޮލީ" ވީ ބޮޑު ފެއިލްއަކަށް.  ކުޑަކުދިންނަށް ފެހިކަންގަދަ ތަރުކާރީ ކެއުމަށް ބާރުއެޅުމަށް ތައްޔާރުކުރި މިރެސިޕީގެ ސަބަބުން އެކުދިން އޭގެ ރަހައާމެދު ކޮންފިއުޒް ވީކަމަށް މެކްޑޮނަލަޑްސްގެ ސީއީއޯ ޑޮން ތޮމްސަން ހާމަކުރި. އެންމެފަހުން ތޮމްސަން ބުނީ ކުޑަކުދިންނަށް ކަމުދާ ގޮތަށް ކާއެއްޗެހި ހެދުމަކީ ބެލެނިވެރިންނަށް ކުރެވޭނެ ކަމެއް ކަމަށް. ވިޔަފާރިތަކަށް އެކަން ނުކުރެވޭނެ ކަމަށް.