މަޝްހޫރު ލަވަކިއުންތެރިއާ ބިއޯންސޭ ކްނޮވެލްސް ވަނީ 100،000 ޑޮލަރު ދީފައި ލެގިންސެއް ގަނެފައި. ރަނުން ޖަރީ ކޮށްފައިވާ މިލެގިންސްއަކީ ބެލެންސިއާގާ އިން 2007 ވަނައަހަރުގެ ބީއީޓީ އެވޯރޑްސް އަށް ބިޔޯންސޭ ބޭނުންކުރި ލެގިންސްއެއް. ބިއޯންސޭއަކީ ވެސް އެހެން ސެލެބްރިޓީންނާ އެއް ގޮތަށް އަގުބޮޑުތަކެތި ގަތުމަށް ލޯބިކުރާ ފަންނާނެއް. އޭނާ ވަނީ 40 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއް ފިރިމީހާއަށް ގަނެދީފައި. އަދި މީގެ އިތުރުން މީނާ ވަނީ ޖަވާހިރު ޖަހާފައިވާ ބާރބީ ޑޯލް އެއް ވެސް ގަނެފައި.