ލެޓިންބަހުން އަސްމަހަށްކިޔަނީ ހިޕޯކެމްޕަސް. ބޮޑެތި އަސްމަސް ދުވާލަކު 30-50 ފަހަރު ކާނެ. ކުދިން އަސްމަސް 3000 އެއްހާ ކުދި އެތިކޮޅު ކޮންމެ ދުވަހަކު ކާނެ. އަސްމަސްވެސް ނިސްބަތްވަނީ މަސް އާއިލާއަށް ނަމަވެސް އަސްމަހުގައި މާ ދިގު އުރަހައެއް ނުހުންނާނެ. އަސްމަހުގެ ފެނުން ވަރަށް ސާފުވާނެ. އަދި އެއް ވަގުތަކު ފަހަތާއި ކުރިއަށް ބެލުމުގެ ގާބިލްކަން އަސްމަހަށް ލިބިގެންވޭ. މިކަމުގެ ސަބަބުން ކާ އެއްޗެހި ހޯދުމަށް ވަރަށް ފަސޭހަވެގެންދޭ. އަސްމަސް އުމުރަށް އެއްބައިވެރިއަކާއެކު އުޅޭނެ. އަންހެން އަސްމަސް އޭގެ ބިސް ފިރިހެން އަސްމަހަށް ފޮނުވުމަށް އެ ބިސްތައް ބޮޑެތިވަނީ ފިރިހެން އަސްމަހުގެ ބަނޑުގައި. އެހެން މަޚްލޫގުންނާއި ޚިލާފަށް އަސްމަހުގެ ތެރެއިން ވިހަނި ފިރިހެން މަސް. މިހެން މާބަނޑުވެގެން 14 ދުވަހުން ފެށިގެން 4 ހަފްތާވަންދެން ތިބޭނެ. އަސްމަސް ކޮންމެ ފަހަރަކު 150-1500 ދަރިން ވިހާނެ. މިކަމަށް 12 ގަޑިއިރު ހޭދަވޭ. ޅަ އަސްމަސް ވިހެއުމާއި އެކު އަމިއްލައަށް އުޅެން ފަށާ. ދިރިއުޅޭ މަހައުލާއެއްގޮތަށް ކުލަ ބަދަލު ކުރުމުގެ ގާބިލްކަން އަސްމަހަށް ލިބިގެންވޭ.