މަދިރީގެ ތެރެއިން އިންސާނުންގައިގައި ހަފަނީ އަންހެން މަދިރި އެކަނި. މަދިރި ލޭބޮނީ އޭގައި ހިމެނޭ ޕްރޮޓީންއާއި އެހެން މާއްދާތަކުގެ ސަބަބުން މަދިރީގެ ބިސް ހެދިބޮޑުވުމަށް އެހީތެރިކަން ލިބޭތީ. ދުނިޔޭގެ އެންމެ ނުރައްކާތެރި ޖަނަވާރަކީ މިޔަރު، މިނިކާވަގު ނުވަތަ ކިނބުލެއް ނޫން. އެއީ މަދިރި. މަދިރިން ޖެހޭ އެކިއެކި ބަލިތައް ކަމުގައިވާ ޑެންގޫ، މެލޭރިޔާ އަދި ޒިކާ ފަދަ ބަލިތަކުގައި އަހަރަކު 1 މިލިއަން މީހުން މަރުވޭ. މަދިރި އިންސާނުން ފާހަގަ ކުރަނީ، މަދިރީގައިވާ ޚާއްސަ ގުނަވަނެއް ގެ އެހީގައި، އިންސާނުން ނޭވާލާއިރު ދޫކުރާ ކާބަން ޑައިއޮކްސައިޑުން. މަދިރީގެ 3000 އަށްވުރެ ގިނަ ވައްތަރު ހިމެނޭ. މަދިރި އަކީ ވަރަށް ދަހި އެއްޗެއް. މަދިރި އޭގެ ހަށިގަނޑުގެ ބަރުދަނުގެ 3 ގުނަ ލޭ ބޮއި. މަދިރިއެއްގެ އުމުރު 2 މަހަށް ވުރެ ކުރު. ނަމަވެސް މަދިރިއަކީ ޑައިނަސޯރ ދުނިޔޭގައި އުޅުން އިރުފެށިގެން ދިރިއުޅޭ ޖަނަވާރެއް. ހުރިހާ ވައްތަރެއްގެ މަދިރި އިންސާނުންގައިގައި ނުހަފާނެ. ބައެއް މަދިރި ބޮއް އަދި ދޫނިންވެސް ލޭބޯނެ.