މިހާރު އަންހެނުންގެ މެދުފައި މަގްބޫލު ފުންނާބު އުސްކުރި ބޫޓު ނުވަތަ ފައިވާނަކީ އެންމެ ފުރަތަމަ ފިރިހެނުންނަށް ފަރުމާ ކުރެވުނު އެއްޗެއް. މިއީ 16 ވަނަ ގަރުނުގެ ފާރިސީންގެ ތެރެއިން ހަނގުރާމައިގެ މައިދާނުގައި އަހަށް ސަވާރުވެގެން ހަނގުރާމަ ކުރި މީހުނަށް ޚާއްސަކުރެވުނު އެއްޗެއް. މިއީ ފެޝަނަކަށް ވުރެ ބޮޑަށް ޒަރޫރީ އެއްޗަކަށް ވަނީ އެމީހުންނަކީ ވަރަށް ގިނައިން އަހުގައި ދަތުރުކުރަން ޖެހޭ ބަޔަކަށް ވުމުން އެކަމަށް ފަސޭހައަކަށް ތައްޔާރު ކުރެވުނު އެއްޗަކަށް ވުމުން. ފުންނާބު މިހެން އިނުމުގެ ސަބަބުން އަހުގެ ލަގަނުގެ ތިރީބައި ފައިގެ ދަށުން ކައްސާލައިގެން ދިއުމުގެ ފުރުސަތު ކުޑަވޭ. ނަމަވެސް މިހާރު މިއީ ހަމަ އެކަނި އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ އެއްޗެއް.