ކައްކާއިން އާންމުކޮށް އަޅާ ތާކިހަލުގައި ހުންނާނީ 100 ފަށަލަ. މި 100 ފަށަލަ ރަމްޒު ކޮށްދެނީ ކުކުޅު ބިސް ކެއްކޭނެ 100 ގޮތް. ކައްކާއިންގެ ތާކިހަލުގެ ތާރީޚް 2000 އަހަރަށް ދެމިގެންވޭ. ކައްކާއިންގެ ތާކިހަލާ އުފެދިގެން އައި ގޮތާއި މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ. އޭގެ އެއް ވާހަކަ އައްސީރިޔާ ދަރިކޮޅުގެ މީހުންގެ ތެރޭގައި ވިހަދީގެން އެތަނުގެ ރަސްކަލުން މަރަމުން ދިއުމުގެ ސަބަބުން ބޮޑު ކައްކާއިންނަނީ ޚާއްސަބައެއް ކަން ދައްކާ އެމީހުން އުފާ ކުރުވުމުގެ ގޮތުން އަޅުވަން ފެށި އެއްޗެއް ކަމަށް ބުނެވޭ ވާހަކަ. ހަމަ އެދުވަސްވަރު ކައްކާއިން ދިޔައީ އެކި ތަފާތު ކެއްކުންތައް ދަސްކުރަމުން. ތަފާތު ރެސިޕީތައް އެނގޭ ވަރަކަށް ތާކިހަލުގެ ފަށަލަގިނަވެ، އުސްމިން މަތިވަމުން ދިޔަ. އަޅާފައި ހުންނަ ތާކިހަލުން ކައްކާއިންގެ ފެންވަރާއި ތަޖުރިބާ އެނގޭނެ.