އަވިއައިނު އިޖާދު ކުރީ 2000 އަހަރު ކުރިން އެސްކިމޯއިން. އެމީހުން ސްނޯގައި އުޅެންވެގެން އެންމެ ފުރަތަމަ އައިނު ހެދީ ޖަނަވާރު ކައްޓާއި ލެދަރ އަދި ލަކުޑި ބޭނުންކޮށްގެން. އަވިއައިނުގެ ފެޝަނަކީ ބަދަލުވެ އަނެއްކާ އެނބުރި އަންނަ އެއްޗެއް. އަލްޓްރާ ވައިލެޓްގެ ދޯދިތަކުން ރައްކާތެރިކަން ލިބޭގޮތަށް ހުންނަ ޕޮލޮރައިޒްޑް އައިނަކީ 1936 ގައި ވުދޫޖަށް އައި އެއްޗެއް. ދުނިޔޭގެ އެންމެ އަގުބޮޑު އަވިއައިނު އުފައްދަނީ ސްވިޒަރލެންޑްގެ މަޝްހޫރު ކުންފުނި ޗޮޕާރޑްއިން. އެކުންފުނިން އުފައްދާ އައިނެއްގެ އަގު 4 ލައްކަ ޑޮލަރަށް އަރާ. އެ އައިނުގައި 24 ކެރެޓް ގެ 60 ގްރާމް ރަނާއި 51 ޖަވާހިރު ބޭނުންކޮށްފައިވޭ. ދުނިޔޭގައި އެންމެ ގިނައިން ވިކިފައިވަނީ ރޭބަން އައިނު. މިއީ 1953 އިން ފެށިގެން ވަރަށް ގިނަ މަޝްހޫރު ފަންނާނުން ބޭނުންކުރާ ބްރޭންޑެއް. ރޭބަން އައިނުގެ ވިޔަފާރި ކުރިއަރާ ދިއުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ޓޮމް ކްރޫޒް. އޭނާގެ ފިލްމްތަކުގައި މި އައިނު ބޭނުންކުރަން ފެށުމުން ގިނަބަޔަކު އެ ބްރޭންޑް އައިނު ބޭނުން ކުރަން ފެށި. ލަވަކިޔުންތެރިޔާ އެލްޓަން ޖޯން އަވި އައިނު ނާޅާ ހުއްޓާ ފެންނާނީ ވަރަށް މަދު ޙާލަތެއްގައި. ބެލެވޭ ގޮތުގައި އޭނާ ތަފާތު އެކި ފަރުމާގެ 1000 އަވިއައިނު އޭނާ ގެންގުޅޭ. ލޮލުގެ ސިއްޙަތަކީ ވަރަށް މުހިންމުކަމެއް. އަވިއައިނެއް ޚިޔާރުކުރާއިރު އަބަދުވެސް އަލްޓްރާ ވައިލްޓްގެ ދޯދިތަކުން 100 އިންސައްތަ ރައްކާތެރިކަން ދޭ އައިނެއް ޚިޔާރު ކުރުން މުހިންމު.