ދުނިޔޭގެ އެންމެ ބޮޑު މާބަގީޗާއަކީ ދުބާއީގެ މިރަކަލް ގަރޑަން. 72،000 އަކަ މީޓަރުގެ މުޅި ބަގީޗާވަނީ އެކިބާވަތުގެ މަލުން ފުރިފައި.

މި ބަގީޗާއަކީ ހަނަފަސް ސަހަރާއެއްގެ މެދުގައިވާ ތަނެއް. މި ބަގީޗާގައި 50 މިލިއަން ވައްތަރުގެ މާގަސް ހައްދާފައިވޭ.

މި ހުރިހާ ގަހެއްވެސްވަރަށް ފުރިހަމައަށް އަތުރާލާފައިވަނީ ބެލުންތެރިންގެ ހިތްހަމަ ޖެހުން އިތުރުކުރުމަށް. މި ބަގީޗާގައި މާގަސްތައް އެތުރިފައިވަނީ އެކި ތީމްތަކަށް. އެންމެ ގިނަ ތީމް އެއް ބަގީޗާގައި ފެންނަން ހުރީވެސް މިތަނުގައި.

މިތަނުގައި ހެދިފައިވާ އެމިރޭޓްސް އޭ 380 ތީމްއަކީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ބައެއް. ސަންފްލާވަރ، ޕެޓޫނިޔާ، ޖެރޭނިއަމް، މެރިގޯލްޑް ފަދަ މާތަކުން ޖަރީ ކުރެވިފައިވަ ބައިގެ 1 މިލިއަން ގަހުގައި 6 މިލިއަން މާ ފޮޅިފައި އަބަދުހެން ކަހަލަ ގޮތަކަށް ހުރޭ.

މި ބަގީޗާގައި މާގަސްތައް އެތުރިފައިވާ ތީމްތައް އަބަދުވެސް ބަދަލު ކުރަމުންދޭ. މި މަސައްކަތް ކުރެވެނީ ކޮންމެ އަހަރެއްގެ މޭމަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް.

ލޯބިވެރިންގެ ދުވަހާ ދިމާކޮށް ހުޅުވި މި ބަގީޗާ ބެލުމަށް އެތައް ގަޑިއިރެއް ހޭދަވާނެ.