އެކި ގޮތްގޮތުން ދުނިޔެއަށް ބޮޑެތި އިންގިލާބުތައް ގެނައި މީހުންގެ ލިސްޓް އެއީ ވަރަށް ދިގު ލިސްޓެކެވެ. އަދި ވަކިގޮތަކަށް މި ލިސްޓް ތަރުތީބު ކުރުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ 10 ދާއިރާއަކުން ދުނިޔެއަށް ބޮޑު ބަދަލެއް ގެނައި 10 ފަރާތެއްގެ ނަން މި ލިސްޓުގައި ހިމަނާލާނަމެވެ. މީގެ ތެރޭގައި ނޭދެވޭ ބަދަލުތައް ގެނެސްގެން ފާހަގަކޮށް ލެވޭ ފަރާތްތައް ވެސް ހުންނާނެއެވެ.

  1. ބިލް ގޭޓްސް

ބިލް ގޭޓްސް އެންމެ ފުރަތަމަ ކޮމްޕިއުޓަރ އުފެއްދި އިރު އޭނާއަކީ ސާނަވީއަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ. 1977 ގައި ގޭޓްސް މައިކްރޯސޮފްޓް އުފެއްދި އިރު އޭނާއަކީ އާދައިގެ ޒުވާނެކެވެ. ނަމަވެސް 1993 އައި އިރު އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ވަނީ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. 2000 ވަނަ އަހަރު ބިލް ގޭޓްސް އަދި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސްގެ ނަމުގައި އުފެއްދި ފައުންޑޭޝަން އަކީ، މުޅި ދުނިޔެއިން ވެސް ހިލޭ ސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތެވެ. އެމީހުންގެ އެންމެ ބޮޑު އަމާޒަކީ ފަގީރު ގައުމުތަކުން ޕޯލިއޯ ފަދަ ނުރައްކާތެރި ބަލިތައް ނައްތާލުމެވެ.

  1. މާރޓިން ލޫތަރ ކިންގ

މާރޓިން ލޫތަރ އަކީ އެމެރިކާގެ ދެކުނުގައި ކަޅުނަސްލުގެ މީހުނާ ދެކޮޅަށް ހިންގަމުން އައި ނާއިންސާފާއި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރި މީހެކެވެ. މަހާތުމާ ގާނދީ އެކޭ އެއްފަދައިން މާރޓިން ލޫތަރ ވެސް ގަބޫލު ކުރަނީ ސުލްހަވެރި މުޒާހަރާއަށެވެ. އޭނާގެ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމުގެ އިނާމު އޭނާއަށް ލިބުނީ 1964 ގައެވެ. 1968 ވަނަ އަހަރު އޭނާވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލެވިފައެވެ. ނަމަވެސް މިއަދާ ހަމައަށް އޭނާ ހަނދާންކުރަނީ މުޖުތަމަޢުގައި ހިނގާ ނާއިންސާފާ ދެކޮޅަށް ކެރިގެން ނިކުތް ފަރާތެއްގެ ގޮތުގައެވެ.

  1. ނެލްސަން މަންޑޭލާ

ނެލްސަން މަންޑޭލާއަކީ ސައުތު އެފްރިކާގައި އޮތް ނަސްލީ ތަފާތުކުރުން ތަކުގެ ތެރެއިން ކަޅު ނަސްލުގެ މީހުންގެ އަތުން ވޯޓު ލުމުގެ ހައްގު ނިގުޅައި ގަތުމުން އެކަން ކުށްވެރިކޮށް ނިކުތް މީހެކެވެ. މިކަމުގެ ސަބަބުން އޭރު އޮތް ސަރުކާރުން ވަނީ 1964 ގައި މަންޑޭލާ ޖަލަށް ލާފައެވެ. 26 އަހަރު ޖަލުގައި އޮތުމަށްފަހު މިނިވަން ވުމުން މަންޑޭލާވަނީ 1990 ވަނަ އަހަރު ސައުތު އެފްރިކާގެ ރައީސް ކަމަށް ހޮވިފައެވެ. ކަޅު ނަސްލުގެ މީހުންގެ ދިފާޢުގައި މަންޑޭލާ ކުރި މަސައްކަތް ފާހަގަގަކޮށް 1993 ވަނަ އަހަރު މަންޑޭލާއަށް ވަނީ  ސުލްހައިގެ އިނާމް ލިބިފައެވެ.

  1. އެޑޮލްފް ހިޓްލަރ

ހިޓްލަރ އަކީ 1933 އިން 1945 އަށް ޖަރުމަނުގެ ލީޑަރުގެ ގޮތުގައި ހުރެގެން ދުނިޔެއަށް އެންމެބޮޑު ގެއްލުން ދިން ހަނގުރާމައިގެ މޭސްތިރިކަން ކޮށްފައެވެ. ހިޓްލަރުގެ ހިތުގައި ޔަހޫދީންނަށް އޮތް ނަފްރަތުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައިގައި އޭނާވަނީ 6 މިލިއަން ޔަހޫދީން މަރާލާފައެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ އިރުމަތީ ޔޫރަޕުގައި ހެދިފައިވާ ކޭމްޕްތަކެއްގައި ވަރަށް އަނިޔާވެރި ހާލުގައި ތިބެއެވެ. މި ކޭމްޕްތައް މަޝްހޫރުވެފައިވަނީ ނާޒީ ކޭމްޕްގެ ގޮތުގައެވެ.

  1. އަލްބަރޓް އެއިންސްޓަން

އަލްބަރޓް އެއިންސްޓަންގެ ނަމަކީ ތޫނުފިލިކަމުގެ މިސާލެއްގެ ގޮތުގައި ބޭނުން ކުރާ ނަމެކެވެ. ގިނަ ދާއިރާއަކުން ފާހަގަ ކޮށްލެވޭ އެއިންސްޓަންއަށް ސުލްހައިގެ އިނާމް ލިބުނީ ފިޒިކްސް އިން އޭނާހޯދާފައިވާ އާ އީޖާދުތަކަށް 1921 ގައެވެ. އޭނާގެ ތިއަރީތައް ވަނީ އެމެރިކާއިން އުފެއްދި އެޓޮމް ބޮމުގައިވެސް ބޭނުން ކޮށްފައެވެ. ނަމަވެސް އެއިންސްޓަންވަނީ ނިއުކްލިއަރ ހަތިޔާރާ ދެކޮޅަށް ވަކާލާތުކޮށް ގައުމުތަކުން ވެސް އެފަދަ ހަތިޔާރު ނައްތާލަން ގޮވާލާފައެވެ.

  1. މަހާތުމާ ގާނދީ

ވަކީލެއްގެ ގޮތުގައި އާންމުންގެ ތެރެއަށް ނިކުތް ގާނދީ ސިޔާސީ އަދި ރޫޙާނީ ލީޑަރެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައީ އިނގިރޭސީންނާއި ދެކޮޅަށް އިންޑިޔާގެ އެކި ހިސާބުތަކުގައި ބޭއްވި މަދަނީ ބަސްނޭހުމުގެ ތެރެއިންނެވެ. ގާނދީ އާއި އިނގިރޭސިންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އިނގިރޭސިންގެ ފަރާތުން އިންޑިޔާއަށް މިނިވަންކަން ލިބުނީ 1947 ގައެވެ. ގާނދީއަކީ އާންމުންގެ ފަރާތުން ސުލްހަވެރި މުޒާހަރާތައް ބޭއްވުމުގައި ނަމޫނާ ޝަހުސިއްޔަތެކެވެ. އޭނާގެ އާދައިގެ ދިރިއުޅުމާއި، ސުލްޙައަށް ލޯބި ކުރުމާއި ދީނީ ކަންކަމުގައި ގެންގުޅޭ ކެތްތެރިކަމަކީ އޭނާގެ ނަމާ ގުޅުވައިގެން މިހާރުވެސް މީހުން ހަނދާން ކުރާ ކަންކަމެވެ.

  1. ކާރލް މާރކްސް

ކާރލް މާރކްސްގެ އިޤްތިޞާދީ އަދި އިޖުތިމާއީ ނަޒަރިއްޔާގެ ސަބަބުން ދުނިޔެއަށް ބޮޑު ބަދަލެއް ގެނެސްދިނެވެ. ކޮންމެ މީހަކީވެސް ހަމަހަމަ މީހެއްކަމާ އެއްވަރުގެ ހައްގުތަކެއް ލިބިގެންވާ މީހެއްކަމަށް ވަކާލާތުކުރި ކުރުމުގެ ނަތީޖާ ފެނިގެން ދިޔައީ ރަޝިޔާގެ އިންޤިލާބުންނެވެ.

  1. ޗާރލްސް ޑަރވިން

ނަސްލުތައް އުފެދި ތަރައްގީވަމުން އަންނަ ގޮތާއި މެދު ދިރާސާކޮށް އެކަމުގެ އިލްމު ފެތުރުމަށް މަޝްހޫރުވެފައިވާ ޑަރވިންގެ ގިނަ ފޮތްތަކަކާއި ތިއަރީތަކެއް ވަނީ ޝާއިޢު ކޮށްފައެވެ. އަދި މީގެ ގިނަ ފޮތްތައް މިހާރުވެސް ޔުނިވަރސިޓީތަކުގައި ކިޔަވާދިނުމަށް ބޭނުން ކުރެއެވެ.

  1. ވިލިއަމް ޝެކްސްޕިއަރ

ވިލިއަމް ޝެކްސްޕިއަރ އަކީ އިނގިރޭސިބަހަށް އެންމެ މޮޅު އަދި އެބަހުގެ އެންމެ ކުޅަދާނަ ލިޔުންތެރިޔާއެވެ. އޭނާއަކީ މުނިފޫހިފިލުވުމުގެ ފަންނާނެއްގެ އިތުރުން ލޯބީގެ އެތައް ވާހަކައަކާއި ޑްރާމާ ލިޔެ ގިނަ ޅެންތަކެއް ހަދާފައިވާ މޮޅު ޅެންވެރިއެކެވެ. ބެލެވޭ ގޮތުގައި ޝެކްސްޕިއަރވަނީ އިނގިރޭސިބަހުގެ ތެރެއަށް އަލަށް 1،700 ބަސް ތަޢާރަފް ކޮށްފައެވެ.

  1. ކްރިސްޓޮފަރ ކޮލަމްބަސް

އާ ކަންތައް ހޯދާ ބަލާމީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތަކީ ކްރިސްޓޮފަރ ކޮލަމްބަސްއެވެ. އޭނާވަނީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ހުޅަނގަށް ދަތުރުކުރުމުން އޭޝިޔާއަށް ދެވޭނެ ކަމަށް ގަބޫލުކޮށް އޭނާގެ އެ ތިއަރީއަކީ ތެދުކަމަށް ސާބިތުކޮށް ދިނުމަށް 1942 ވަނަ އަހަރު ސަންޓާ މަރިޔާ ކިޔާ ނަވެއްގައި ދަތުރު ފަށާފައެވެ. އޭނާއަށް ދެވުނީ ވެސްޓް އިންޑީޒަށެވެ. އޭނާގެ ދަތުރުތަކުގައި ޔޫރަޕްގެ ގިނަ ކަންތަކެއް ވަނީ ހޯދާފައެވެ.